ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައްދޫ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީން އެމްއޯޔޫއެއް ސޮއިކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގައްދޫ ބަނދަރު ތަރައްގީ ކުރުމަށްޓަކާ އެމްއޯޔޫއެއް ސޮއިކޮށްފި / އެންޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމަށްޓަކާ މޯލްޑީވްސް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. އަދި މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގެޒެކެޓިވް އޮފިސަރ އާދަން އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 13،498 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 9،519.20 ކިއުބިކް މީޓަރަށް ބަނދަރަށް އިތުރު ކުރެވޭ ބައި ފުން ކުރުން ހިމެނެ އެވެ. އަދި 232 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 35 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުން ހިމެނެ އެވެ.

މީގެއިތުރުން، 320 މީޓަރ އެއްގަމު ތޮށި ޖެހުމާއި، 25 މޫރިންގ ބޮއި ހަރުކުރުމާއި، 1 ކޮންކްރީޓް ބްރިޖް އެޅުމާއި، 16 މަގު ބައްތި ހަރުކުރުމާއި، 1600 އަކަ މީޓަރ ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި ކޮންޓްރެކްޓުގައި ސޮއިކޮށްފައި ވަނީ 21 ޑިސެންބަރ 2021 ވަނަ ދުވަހު ކަމަށްވާއިރު، ކޮންޓްރެކްޓްގެ މުއްދަތަކީ 365 ދުވަސް ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ. އަދި މި ކޮންޓްރެކްޓްގެ އަގަކީ 38.4 މިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: