ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު ހޮޓެލް ޖެންގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާއެކު ބޭއްވެވި މި ބައްދަލުވުމުގައި، ފައިސަލް ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ހަރުދަނާ އެކުވެރިކަމުގެ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފަ އެވެ. އަދި ދެ ގައުމުގެ މެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފައިސަލް ވަނީ އެ މަނިކުފާނު މިދިޔަ ނޮވެމްބަރ މަހު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުން ބެހެއްޓެވި ހާއްސަ މެހުމާނުދާރީއަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ. ކޮވިޑް-19 އާއި ގުޅިގެން ގައުމު ބިނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހުނުކަން ހާމަކުރައްވާ، ފައިސަލް ވަނީ އެ ހާލަތުގައި ބަންގްލަދޭޝްގެ ފަރާތުން ދިވެހިރާއްޖެއަށް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށްޓަކައި ވެސް އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކޯވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި ވެކްސިން ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރުން ގެންގުޅޭ ހަމަހަމަ ސިޔާސަތުގެ މައުލޫމާތު އެ ކަމަނާއާ ހިއްސާކުރައްވާފައެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ ދިވެހި ސަރުކާރުން ވެކްސިން ފޯރުކޮށްދިނުމަށް ހިންގި “ކޮވިޑް-19 ދިފާޢު” ކެމްޕޭނުގެ އިތުރުން ޖުމްލަގޮތެއްގައި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކަށް ތައުރީފުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: