ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްގެ ސްޓާފް ނައިޓްގައި 14 މުވައްޒަފަކަށް އެވޯޑް ދީފި

ބްރޯޑްކޮމެގެ ސްޓާފް ނައިޓްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމަށާއި އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ މުއައްޒަފުންނަށް އިނާމު ދިނުމުގެ ގޮތުން ސްޓާފް ނައިޓް 2021 ބާއްވައިފިއެވެ.

މި ހަފްލާގައި، އިނާމު ދީފައިވަނީ 2021 ވަނަ އަހިރުގެ ހާޒިރީއަށް އެންމެ ރަނގަޅު މަވައްޒަފުންނާއި، ކޮމިޝަނަށް 10 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ މުއައްޒަފުންނަށް ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. އަދި 2021 ވަނަ އަހަރުގެ “އެޓެންޑެންސް އެވޯޑް” ހާސިލްކޮށްފައިވަނީ ޑިރެކްޓަރ، އެޗް.އާރ.އެންޑް އެޑްމިން، އަހުމަދު ރާޝިދާ އާއީ އެޗް.އާރ.އެންޑް އެޑްމިން ކޯޑިނޭޓަރ އަސްމާ ހަސަން އާއި ސަޕޯޓް ސްޓާފް ފާތިމަތު ރާބިޔާއެވެ.

ކޮމިޝަނަށް 10 އަހަރު ދުވަހު ހިދުމަތް ކުރައްވާ ދިގު މުއްދަތުގެ ހިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ މުވައްޒަފުންނަކީ ޑިރެކްޓަރ، އެޗް.އާރ.އެންޑް އެޑްމިން އަހްމަދު ރާޝިދާ އާއި، އެޗް.އާރ.އެންޑް އެޑްމިން ކޯޑިނޭޓަރ އަސްމާ ހަސަން އާއި، ކޮންޕްލެއިންޓްސް ކޯޑިނޭޓަރ ހައްވާ ޒާހިރާ އާއި، ލައިސަންސިންގ އޮފިސަރ ޝިމްލާ މުޙައްމަދު ވަހީދު އާއި، މޮނިޓަރިންގ އެންޑް އެންޖިނިއަރިންގ އޮފިސަރ މަޙައްމަދު ޒައީމްއެވެ. އަދި ބިއުރޯ އޮފިސަރ އާނިސާ މުޙައްމަދު ފާއިޒް އާއި، ބިއުރޯ އޮފިސަރ އައިޝަތު އަހްމަދް އާއި، ސަޕޯޓް ސްޓާފް ފާތިމަތު ރާބިޔާ އާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ނަޒްމީލާ އަހްމަދު އާއި، ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް އޮފިސަރ އާމިނަތު ނުހާ އަހްމަދު އާއި، ސަޕޯޓް ސްޓާފް ފާތިމަތު ޝަރީފާ ވެސް ހިމެނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދު ފާހަގަކުރެއްވި ގޮތުގައި ކޮމިޝަންގެ މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލުގައި ގޮންޖެހުންތަކެއް ހުރުމާއިއެކު ވެސް ހީވާގި ހިދުމަތްތެރި މުވައްޒަފުންކަން ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތްތަނުގައި ކޮނިޝަނުން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ކުރާނީ މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ފުރުސަތުތަކާއި ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކުރުމަށް އިތުރު ވަސީލަތްތައް ހޯއްދެވުން ކަމަށް ވިދާޅުވިއެވެ.

ކޮމިޝަންގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އިނާމު ދިނުމުގެ އިތުރުން މި ހަފްލާގައި ކޮމިޝަނުން މުވައްޒަފުންނަށް ވަނީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: