ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފަންދުވަސް ފާހަގަކުރަން އުއްޗުގެ ދައުވަތު މަހްލޫފު އާއި ނަމާލްއަށް!

އުއްޗުގެ އުފަންދުވަސް ފާހަގަކުރުމުަގއިމަހްލޫފާއި ނަމާލް ބައިވެރިވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވިޔަފާރި ވެރިއެއްކަމަށްވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަން ދުވަސް ފާހަގަކުރުމުގެ ދައުވަތު ރާއްޖޭގެ ޔޫތު މިނިސްޓރަ އަހުމަދު މަހްލޫފަށާއި ލަންކާގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ އަށް ދެއްވައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް މިނިސްޓަރަށާއި ނަމާލްއަށް ދިން ދައުވަތަށް ޝުކުރު އަދާކޮށްފައެވެ. އަދި ޅ. މަޑިވަރުގައި އިއްޔެ ޓެސްޓް ފްލައިޓްތައް ޖައްސާފައިވާ އިރު، މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ޗަމްޕާ ބްރަދަރސް ކުންފުނިން ކަން ވެސް މަހްލޫފު ފާހަގަކުރެއްވި އެވެ.

އިއްޔެ ހެނދުނު ޅ. މަޑިވަރު އެއާޕޯޓު ހުޅުވުމަށް ޓެސްޓް ފްލައިޓްތަކެއް ޖައްސާފައިވާ އިރު، މި ރަސްމިއްޔާތުގައި މަހްލޫފު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ ކުރިން، ރައީސް ޔާމީނުގެ ވެރިކަމުގައި އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް އޭރުގެ ސިޔާސީ ވެރިންނަށް ދައުވަތު ދިނުމުން، އެމްޑީޕީގެ ފާޑުކިއުންތައް އަމާޒުވިއެވެ. އެމްޑީޕީ އިން އޭރު ބުނަމުން ދިޔައީ ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިޔަފާރިވެރިންގެ ދަށުވަނީ ކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ 2 އަހަރު ވެސް އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް މި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: