ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވިސްނާނީ ދަރިވަރުންނަށް އެންމެ ރަނގަޅުގޮތް ހޯދައިދިނުމަށް: އަލީ ސޯލިހު

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއްހާލަތުގައި ސަރުކާރުން ވިސްނާނީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ހޯދަދިނުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.

މިފަދައިން އަލީ ސޯލިހު ވިދާޅުވެފައިވަނީ ސަންގު ޓީވީގެ ޙަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން، އަރަބިއްޔާ ސްކޫލަށް މިއަދު ވަރަށް ފުރިހަމަކަމާއި އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސްކޫލްގެ މައްސަލަތަށް ހައްލުކޮށްދެއްވާފައި ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖޭގައި ވަރަށް ފެހި ގާނޫނު އަސާސީއެއް ލިބިފައިވާ ކަމަށްވެސް ފަހަގަކުރައްވާފައި ވެއެވެ.

އަލީ ސޯލިހު ވިދާޅުވީ މިއީ ރައްޔިތުންގެ އަޑުއަހާ ސަރުކާރެއް ކަމަށެވެ. އަދި ހަމަ އެހެންމެ ސަރުކާރުން ވިސްނާނީ ދަރިވަރުންނަށް އެންމެ ފައިދާކުރުވަނި، އެންމެ ރަނގަޅު ގޮތް ހޯދައިދިނުމަށް ކަމަށެވެ.

“މި ވޭތުވެދިޔަ 3 އަހަރު ތެރޭގައި އަރަބިއްޔާ ސްކޫލުގެ ހާލަތު މިހާ ގޯސް ވެފައިވާކަން އަޅުދަނޑުމެންނަށް އެނގުނީ ވަރަށް ފަހުން. ފަހަރެއްގައި އެކިއެކި މަރުހަލާތަކުގެ ތަރޭގައި ސިޓީ ބަދަލު ނުކުރެއެކޭނުުން. ދެން އެއާއިއެކު، އިމާރާތުގެ ސާރވޭ ކުރުމާއި އެހެނިހެން ކަންކަން ސަރުކާރުން ވަނީ ކޮށްފަ” އަލީ ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން، އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ހާލަތު ބެލުމަށްޓަކައި ސަރުކާރުން ކުރަންވީ ހުރިހާ ކަމެއް ކުރަމުން ދިޔަ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވެފައެވެ. އަދި ހަގީގަތަކީ ސަރުކާރުން އެޅުއްވީ އަވަސް ފިޔަވަޅުތަކެއް ކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ އަރަބިއްޔާ ސްކޫލްގެ އިމާރާތަކީ މިވަގުތު ދަރިވަރުންނަށް ރައްކާތެރި ތަނެއް ނޫންކަމަށް އެނގުނު ހިސާބުން އެޑިއުކޭޝަން މިނިސްޓްރީން އަވަސްވެގަތީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މާލޭގެ އެހެން ސްކޫލަކަށް ބަދަލުކުރުމަށް ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ. އެހެންވެ ދަރިވަރުންނަށް ފޮރިން މިނިސްޓްރީ ހިންގަން ބޭނުން ކުރި ވަގުތީ އިމާރާތް ހަމަޖައްސައި، އަރަބިއްޔާ އިމާރާތް އެޅުމަށް ބާ ޖަަމާލުއްދީން ކަނޑައެޅުނު ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: