ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ ޒަމާނީ މައްސަލަތަކަށް ހާއްސަ ޕްރޮގްރާމެއް ސަންގު ޓީވީ އާއި އައިއޯސީސީ އިން ފަށަނީ!

ސަންގު ޓީވީ ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ވަހީދް އާއި އައިއޯޗީޗީ ގެ ރައީސް ޑރ. މުހައްމަދު ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނާ ގުޅުންހުރި ޒަމާނީ އެކި އެކި މައްސަލަތަކަށް އެޑްރެސްކޮށް ހާއްސަ ޕްރޮގްރާމެއް ގެނެސްދިނުމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އާއި ސަންގުޓީވީ އާއި ދެމެދު އެއްބަސްވުމެއް ގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ، އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން އައިއޯސީސީގެ ފަރާތުން ސަންގު ޓީވީ މެދުވެރިކޮށް “ރިސާލަތު” ގެ ނަމުގައި، އިސްލާމީ ޒަމާނީ މައްސަލަތަކާމެދު މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ދެފަރާތް ގުޅިގެން ހަފްތާއަކު އެއް ފަހަރު ޢިލްމީ، ދިރާސީ ޕްރޮގްރާމެއް ގެނެސްދިނުމެވެ. 

މިއަދު ގާއިމު ކުރެވުނު އެއްބަސްވުމުގައި ސަންގުޓީވީ ގެ ފަރާތުން ސޮއިކުރެއްވީ ސަންގުޓީވީގެ މެނޭޖިނގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ވަހީދު ( އަސްވާޑް) އެވެ. އައިއޯސީސީގެ ފަރާތުން ސޮއިކުރެއްވީ، އައިއޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. 

އެއްބަސްވުމާއި ބެހޭގޮތުން ވާހަކަދައްކަމުން ސަންގު ޓީވީ ގެ މެނޭޖިން ޑިރެކްޓަރ، އަސްވާޑް ވިދާޅުވީ މި ޕްރޮގްރާމަކީ ޒަމާނީ ދީނީ މައްސލަަތަކާއި ބެހޭ ގޮތުން ގެނެސްދެވޭ އިލްމީ ދިރާސާ ތަކުގެ މައްޗަށް ބިނާވެގެންދާ ޕްރޮގްރާމެއް ކަމުގައެވެ. އަދި ގިނަ ދީނީ ޕްރޮގްރާމްތަކެއް މީޑިއާތަކުން ގެނެސް ދެމުންދާ އިރު، ސަންގު މެދުވެރިކޮށް ގެނެސްދެވޭ ރިސާލަތު ޕްރޮގްރާމަކީ މުޖުތަމައުގައި މިވަގުތު ދައްކަން އުނދަގޫ ވެފައިވާ ދިނީ މައްސަލަތަކަށް އަލިއަޅުވާލައި ގެނެސްދެވޭ ޕްރޮގްރާމެއްކަމުގައި ވިދާޅުވިއެވެ.

ޕްރޮގްރާމާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ޑރ ޝަހީމް ވިދާޅުވީ، އިންތިޒާމީ ގޮތެއްގައި ޕްރޮގްރާމު ގެނެސްދިނުމަށް ހަމަޖެހިފައިވާ އިރު، ޕްރޮގްރާމް ވެގެންދާނީ ބެލުންތެރިންނަށް ބޭނުންތެރި ޕްރޮގްރާމެއްކަމަށެވެ. އަދި އެއްބަސްވުމުގައިވާ ފަދައިން ޕްރޮގްރާމް ތަންފީޒު ކުރެވި ފެށޭ އާ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ޝަހީމް ފާހަގަކުރެއްވިއެވެ.

” ޕްރޮގްރާމުގެ ނަމަކީ ރިސާލަތު. ރިސާލަތުގެ މާނައަކީ މެސެޖް. ޕްރޮގްރާމު މެދުވެރިކޮސް މިއަދުގެ މުޖުތަމައުއަށް ދީނާއި ގުޅުންހުރި ބޭނުންތެރި މައުލޫމާތުތައް ހިއްސާކުރެވޭނެ” ޝަހީމް

ސަންގު ޓީވީ މެދުވެރިކޮށް ރިސާލަތު ގެނެސްދިނުން ފަށާނި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ޕްރޮގްރާމު ހުށައަޅާދޭނީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: