ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީއޭގެ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް އެމްޓީސީސީއަށް

އެމްޓީސީސީ ޓަވަރ / ދަ ޓައިމްސް އޮފް އައްޑޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ދި އެސޯސިއޭޝަން އޮފް ޗާރޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ލިބިއްޖެއެވެ.

އޭސީސީއޭ އިން އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް އެމްޓީސީސީއަށް އެވޯރޑު ކުރީ އޮކްޓޯބަރ 23 ވަނަ ދުވަހުއެވެ. އަދި އެމްޓީސީސީއިން ވިދާޅުވީ މި ސްޓޭޓަސް އެކުންފުންޏަށް އެވޯރޑުކޮށްފައިވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލްގައިކަމަށެވެ.

އެގޮތުން، އޭސީސީއޭގެ ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެންބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީ.ސީއޭގެ އެޕްރޫވްޑް އެމްޕްލޯޔަރ ސްކީމް މުހިއްމު ދައުރެއް އަދާކޮށްދޭ ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ. އަދ އޭސީސީއޭގެ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސް ލިބުމަކީ އެމްޓީސީސީގައި ވަޒީފާއަދާކުރާ އޭސީސީއޭގެ ދަރިވަރުންނާއި އެފިލިއޭޓުންނަށް ކުންފުނިން ފޯރުކޮށްދޭ ތަމްރީނާއި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކަކީ މަތީ ފެންވަރުގެ ތަމްރީންތަކެއްކަން ޔަގީންކޮށްދޭ ކަމެއްކަމަށް އެމްޓީސީސީ އިން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، މި ސްޓޭޓަސް ލިބިފައިވުމާއެކު، އެމްޓީސީސީގައި ވަޒީފާއަދާކުރާ އޭސީސީއޭގެ މެންބަރުންނަށް އޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕަމަންޓް (ސީޕީޑީ)ގެ ޝަރުތުތައް ފުރިހަމަވެގެންދާނެ ކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: