ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭވިއޭޝަން އެކެޑަމީ އަކީ ސަރުކާރުގެ ވަރަށް ގިނަ ދުވަހުގެ ނަތީޖާ: ނައިބްރައީސް

އޭވިއޭޝަން އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބްރައީސް ވާހަކަފުޅު ދައްކަވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޭވިއޭޝަން އެކެޑަމީ އަކީ ސަރުކާރުގެ ވަރަށް ގިނަ ދުވަހުގެ ނަތީޖާކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ ހުޅުވުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ވިދާޅުވީ އްޖޭގެ ތަރައްޤީއާއި އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެގެންދާއިރު ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގެ ދާއިރާއިން މީހުން ބިނާކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

މިއަދު ހުޅުވުނު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިންގ އެކެޑަމީއާ ގުޅިގެން ހިންގާ ފްލައިންގ ސްކޫލެކެވެ. މި ސްކޫލްގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް މިއަދުން ފެށިގެން ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް ފުރަތަމަ އިސްކަން ދެނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މިއަދު ހުޅުވުނު މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ ސަރުކާރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތްތަކުގެ ނަތީޖާކަމަށާއި، މި ސަރުކާރުން މިފަދަ މަޝްރޫޢެއް ހިންގަން އިސްނަގާފައި ވަނީ ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވި ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކަމުގައެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރު ކުރުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވެސް އަދި މި ސަރުކާރުން ވެސް އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތަކީ އެކި ސިނާޢަތްތަކުން މީހުން ބިނާކުރުންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ ޢުމްރާނީ ތަރައްޤީ ކުރިއަރަމުންދާ ވަރަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުން މަސައްކަތުގެ މާޙައުލަށް ނުކުމެ އެކަކު އަނެކަކު ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވަފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: