ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލަ މިހާ ބޮޑުވީ އަޅައިނުލެވުމުގެ ސަބަބުން: ފައިސަލް

އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލަ މިހާ ބޮޑުވީ އެކަށީގެންވާ ވަރަށް އަޅައިނުލެވުމުގެ ސަބަބުންނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ބަނދަރު ސަރަޙައްދުގައި ދޫޑިގަން އަވަށުގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައި ރާއްޖޭގައި މިވަގުތު ޑްރަގްގެ ހާލަތު އޮތް ހިސާބަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމުގެ ގޮތުގައި ނައިބްރައީސް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ މިހާ ހިސާބަށް ދިޔައީ އެކަށީގެންވާ ގޮތެއްގައި ފަރުވާ ކުރިއަށްނުގެންދެވި ދޭންވާ އަޅައިލުން ނުދެވުމުގެ ސަބަބުން ކަމަށެވެ. އަދި އަމާޒަކަށް ވާންވީ ޒުވާނުންނަކީ  އުފެއްދުންތެރި ގައުމަށް ހިދުމަތްކޮށްދޭނެ ބަޔަކަށް ހެދުންކަމަށް ފައިސަލް ވިދާޅުވިއެވެ. ފުވައްމުލައް ސިޓީއަކީ އާބާދީ ބޮޑު ސިޓީއެއްކަން ފާހަގަކުރަައްވައި މިމައްސަލަ ހައްލުކުރުމަށް ހުރިހާ ރައްޔިތުންވެސް ގުޅިގެން މަސައްކަތްކުރެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެ ސިޓީގެ ބަނދަރު ސަރަހައްދުގައި މިސްކިތެއް ބިނާކުރުމަކީ ވަރަށް ގިނަ އަހަރުތަކެއް ކުރިން ފެށިގެން އެ ސިޓީގެ ރައްޔިތުން ކުރަމުންއައި އިންތިޒާރެއްކަމުގައި ވިދާޅުވިއެވެ. އަދި މި މިސްކިތް ހުޅުވުމާއެކު އަޅުކަންކުރުމަށް މިސްކިތުގެ ފުރިހަމަ ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދީނީ ކަންކަން ކުރިއެރުމާއި އަދި ޤައުމުގެ ތަރައްގީގެ ކަންކަމުގައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ.

އެގޮތުން ސަރުކާރުގެ ލާމަރުކަޒު ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިވަގުތުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ޚާއްސަކޮށް ފުވައްމުލަކު ސިޓީގައި މިވަގުތުވެސް ކުރިއަށްދާ ތަފާތު އެކި މަޝްރޫއުތަކަށް އަލިއަޅުއްވާލެއްވިއެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްދާއިރު އެއާއެކުގައި އަހްލަގު ރަނގަޅު އެކަކު އަނެކަކަށް އެހީތެރިވާން ބަޔަކަށްވެސް ވާންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. މީހުން ކުރާ ކަންކަމުގެ ގޯސް ވާހަކަ ދެއްކުމުގެ ބަދަލުގައި އެކަކު އަނެކަކަށް އެހީތެރިވެދޭ، ހެޔޮ މަގު ދައްކައިދޭ ބަޔަކަށް ވާންޖެހޭކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ނައިބްރައީސްގެ ވާހަކަފުޅުގައި އިސްލާމްދީނުގެ ކަންކަމަށް އަހުލުވެރިކުރުވައި ދީނީ އިލްމު އުނގަންނައިދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި އެފަދަ ޕްރޮގްރާމްތައް ކާމިޔާބު ކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވައި، ރާއްޖެއިން ބޭރުގައި އުޅެމުންދާ ދިވެހިންނަށްވެސް ސަރުކާރުން އެއަހަންމިއްޔަތުކަން ދެއްވާނެކަން ނައިބްރައީސް ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަޙައްދުގައި މިއަދު ބިންގާ އެޅި މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ މިސްކިތެކެވެ. ޖުމްލަ 500 މީހުންގެ ޖާގައިގެ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައަކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހަވާލުކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޒަމާނީ ޑިޒައިނަކަށް ޢިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަސްތެރޭގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންނާއި، ފުވައްމުލަކު ސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ބަނދަރަށް ޒިޔާރަތްކުރައްވައި ބަނދަރު ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފުވައްމުލަކު އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ވެސް ބައްލަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: