ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4 މަހަށްފަހު އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި!

ހަތަރު މަހަށްފަހު އައްޑޫގެ މޮނިތަރިންގެ ހާލަތު ވަނީ އުވާލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ މޮނިޓަރިން އަށް ލިތާ 4 މަހަށްފަހު އެ ހާލަތު އުވާލައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޓަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އައްޑޫ މިހާރު މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތްކަމަށާއި، އެކަން އުވާލައި އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާލާފައިވާ ކަމަށެވެ. މޮނިޓަރިންގައި އޮތްއިރު އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ މިހާތަނަށް އެންމެ ބޮޑަށް ދަމަހައްޓަމުން އައީ ރޭގަނޑު 9:00 އިން ފަތިހު 4:00 ހަމައަށް ކުރިއަށް ގެންދިޔަ ކާފިއު ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހަމައެހެންމެ، މޮނިޓަރިން އުވާލި އިރު، އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވާން ފަށައިފައިވާއިރު، ފާއިތުވި 2 ހަފުތާއަށް ބަލާއިރު ބައެއް ދުވަސްތަކުގައި އެއްވެސް ކޭހެއް ނުފެނި، ފެންނަ ކޭސްތަކުގެ އަދަދު ބައެއް ދުވަސް ދުވަހު 5 އަށް ވުރެ ވެސް މަދުވެފައިވެއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންއަށް ލާފައިވަނީ އޮގަސްޓް 28 ގައެވެ. އަދި ވަކިން އޮންނަ ހުޅުދު އާއި މީދޫ މޮނިޓަރިންއަށް ލާފައިވަނީ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގައެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހުގެ ރެއާއި ހަމައަށް ޕޮޒިޓިވްވީ 4 މީހުން ކަމަށްވާއިރު، މިވަގުތު ކޭސްތައް އެންމެ ގިނައީ ހިތަދޫންއިނެވެ. އަދި އެ 4 ކޭހާއެކު ހިތަދޫގެ އެކްޓިވް ޖުމްލަ ކޭސްތަކުގެ އަދަދަކީ މިހާރު 34 އެވެ.

އައްޑޫގެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 44 ގައި ހުރިއިރު، ފޭދު އާއި ހުޅުދޫގައި އެއްވެސް ކޭސްއެއް މިހާރު ނެތްކަމަށްވާއިރު، މަރަދޫފޭދޫއިން 5 ކޭސްއާއި، މީދު އާއި މަރަދޫއިން ކޮންމެ އަވަށަކުން 2 ކޭސް އަދި މީހުން ދިރިއުޅޭ އަވަށްތަކުން ބޭރުން 1 ކޭސް ހިމެނެއެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 2،977 ގައި ވާއިރު، ބަލީގައި 12 މީހަކު ވަނީ މަރުވެފައެވެ. އަދި މިހާރު ވެސް 4 މީހަކު އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: