ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޫސްޓާރ ޑޯޒް ޖެހި މީހުންގެ އަދަދު 25،925 އަށް އަރައިފި!

ބޫސްޓާރ ޑޯޒް ޖެހި މީހުންގެ އަދަދު 25،925 އަށް އަރައިފި / އެޑިޝަން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޫސްޓާރ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު 25،925 އަށް އަރައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޓަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒު 25،925 އަށް ވުރެ ގިނަ މީހުން ޖަހައިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފައިވެއެވެ.

އެޗްޕީއޭއިން ބުނީ ހުކުރު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖަހައިފައި ވަނީ 100 މީހުން ކަމަށެވެ. އަދި އަތޮޅުތަކުގެ ތެރެއިން ބޫސްޓަރ ޑޯޒް ޖަހައިފައި ވަނީ 241 މީހުން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މި އަދަދުތަކާއި އެކު ކޮވިޑާއި ދެކޮޅަށް ޖަހާ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 25،925 އިން މައްޗަށް އަރައެވެ.

ކޮވިޑު-19 ގެ އާ ވޭރިއަންޓެއް ފެނި ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހަން ފެށިތާ ވަނީ ދުވަސްތަކެއް ވެފަ އެވެ. އުމުރުން ދުވަސްވީ މީހުންނާއި ފްރަންޓް ލައިނުގައި މަސައްކަތް ކުރާ ސްޓާފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިވަގުތު ދަނީ ކުރިޔަށެވެ.

އެޗްޕީއޭއިގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 396،779 މީހަކު ޖަހާއިފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ 367،450 މީހެކެވެ.

މީގެއިތުރުން އެޗްޕީއޭއިން ބުނިގޮތުގައި މިހާތަނަށް ޖުމްލަ 25،925 މީހަކު ބޫސްޓާ ޑޯޒްވެސް ޖަހާފައިވެއެވެ.

ފާހަގަކުރެވޭގޮތުގައި ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ބޫސްޓާ ޑޯޒް ޖަހަމުން ގެންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށާއި، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: