ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީއިން މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަނީ!

އެމްޓީސީސީއިން މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަނީ / އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެ އެވެ.

އެންޓީސީސީއިން ބުނީ މުރައިދޫ ބަނދަރު ތަރއްގީ ކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސައިޓް މި މަހުގެ 1 ވަނަ ދުވަހު މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 212 މީޓަރުގެ ސަރަހައްދެއްގައި އެލް ސެކްޝަން ކުއޭ ވޯލް ހެދުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޯއިންސް އަދި 514 މީޓަރު ސަރަހައްދެއްގައި ބްރޭކްވޯޓާ ހެދުން ވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 33.72 މިލިއަން ރުފިޔާ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: