ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ ވަރު އިތުރުކޮށްފި

އެމްޑަބްލިއުއެސްސީއިން ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ ވަރު އިތުރުކޮށްފި / އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ވޯޓާ އެންޑް ސިއުވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އިން ރ. ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށްފި އެވެ.

އެމްޑަބްލިއުއެސްސީއިން ދެމުން ގެނަދާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ފޯރުކޮށް ދިނުމަށްޓަކާއ،ި އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް ދުވާފަރުގައި 35 ކިލޯ ވޮޓްގެ ސޯލާ ޕަވަރ ސިސްޓަމެއް ހަރުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފައި ވެއެވެ.

މީގެ ކުރިން ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި 48 ކިލޯ ވޮޓްގެ ސޯލާ ޕަވާރ ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޝަންގެ ބޭނުންތަކަށް އިޔާދަ ކުރަނިވި ހަކަތައިން ދަނީ ކަރަންޓް އުފައްދަމުން ކަމަށްވެސް ބުނެފައިވެއެވެ.

ހަމައެހެންމެ، އަލަށް ހަރުކުރެވުނު މި ސޯލަރ ޕަވާރ ސިސްޓަމާއެކު، ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ޖުމްލަ 83 ކިލޯ ވޮޓްގެ ސޯލާ ޕަވާއަށް ވަނީ އިތުރުވެފައި ކަމަށް ވެސް ބުނެފައިވެއެވެ.

2012 ވަނަ އަހަރުން ފެށިގެން ކުންފުނީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލެ އާއި މާފުއްޓާއި ކުޅުދުއްފުށި އަދި ދުވާފަރު ހިމެނޭނެހެން މިކުންފުނީގެ އެކިއެކި އޮޕަރޭޝަން ސެންޓަރ ތަކުގައި ދަނީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންނެވެ.

މިގޮތުން، ޖުމްލަ 578 ކިލޯ ވޮޓްގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ޤާބިލްކަން މިއަދު މިކުންފުނިން ހޯދާފައިވާއިރު، މި މަސައްކަތާއެކު ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސތު ހާސިލްކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.

އެމްޑަބްލިއުއެސްސީއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިކުންފުނީގެ އޮޕަރޭޝަން ތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކޮށް، ކުންފުނިން ދެމުން ގެންދާ ޚިދުމަތްތައް ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިޔުމަށް ކަމަށް މި ކުންފުނިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: