ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ މަސައްކަތްތައް އެމްޑީޕީންނާއި، ކޯލިޝަން ޕާޓީތަކުން ޕްރޮމޯޓެއް ނުކުރޭ: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މިއަދާ ހަމައަށް ކޮށްދީފައިވާ ކަންކަމުގެ ވާހަކަ އެމަނިކުފާނުގެ ޕާޓީއާއި، ކޯލިޝަންތަކުން ޕްރޮމޯޓު ކުރާތަން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ބަނދަރާއި ނަރުދަމާ އާއި ފެނުގެ ކަންތައްތައް ގާނޫނުން ކަނޑައަޅައިފައިވާ އަސާސީ ފުދުންތެރިކަން ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އެކަން އެއްވެސް ޕާޓީއަކުން ޕްރޮމޯޓު ނުކުރާކަމަށް މޫސަ ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކަށް ސަރުކާރުގެ ރަނގަޅު މަސައްކަތެއް ނުފެނުނަސް، ސަރުކާރުގެ މެމްބަރުނާއި ޕާޓީން މަގާމުތަކަށް އައްޔުކޮށްފައި ތިއްބެވި ބޭފުޅުން ސަރުކާރުގެ ހައްގުގައި ވާހަކަ ދައްކާތަން ނުފެންނަކަމަށް މޫސަ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ޕާޓީ ސިސްޓަމް ތައާރަފު ވެ އުފެދުނު ވެރިކަންތަކުގައި އެ ޕާޓީއެއްގެ މެމްބަރުން ސަރުކާރުގެ ހިންގުންތެރިކަމާއި، ފުއްދާ ވައުދުތަކުގެ ވާހަކަ ހުއްޓުމެއް ނެތި ދައްކާކަމަށާއި ނަމަވެސް މި ވަގުތު އެކަން މި ވެރިކަމުގައި ނުފެންނަކަމަށް މޫސަ ވިދާޅުވި އެވެ.

ކޮވިޑުގެ ހާލަތާއި އެކު ގައުމުތައް އިނދަޖެހުނު ވަގުތު ވެސް، ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިންކަމަށް މޫސަ ވިދާޅުވި އެވެ. މިއަދު އަވައްޓެރި ބައެއް ގައުމުތަކުގެ މާލީ ހާލަތު އެތައް ބޮޑުތަނުން ގޯސްވީ ނަމަވެސް، މި ސަރުކާރުން އެފަދަ ހާލަތަކަށް ގައުމު ދިއުމުގެ ފުރުސަތެއް ނުދެއްވާކަން މޫސަ ފާހަގަ ކުރެއްވި އެވެ.

“މިދިޔަ ދަތި ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖޭގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އިސްވެ ސަރުކާރުގައި ހުންނަވައިގެން  އަޅުގަނޑުމެންގެ ރާއްޖޭގައި އެއްވެސް މީހަކު އިރާދަކުރެއްވިއްޔާ ބަނޑަށް ޖެހޭނެ ހާލަތަކަށް ދިޔަކަ ނުދޭ. ކާބޯތަކެތި ލިބުނު. އިންފްލޭޝަން ހެސްކިޔާފަކާ  އަރައިގެން ނުދާނެ. ތަކެތީގެ އަގު ބޮޑުވެގެން ނުދޭ. ހަމައެކަނި ތެލުގެ އަގު ބޮޑުވެގެން ދިޔައީ. ޑޮލަރު މަބޮޑުތަނަކުން އަރައިގެން ނުދޭ. ދިޔަ ހިސާބަކަށް ގޮސްސަ ހުރީ. އެއީ ރާއްޖެއިން ބޭރުގައި މަސައްކަތް ކުރަމުންދާ މީހުން ކުރާ ޑޮލަރުގެ ވަގުވިޔަފާރީގެ ސަބަބުން ބްލެކް މާކެޓަގައި ޑޮލަރުގެ އަގު މައްޗަށް އަރައިގެން ގޮސްފައި ވަނީ. ޓުއަރިޒަމް ސަސްޓެއިން ކުރެވިއްޖެ.” މޫސާ

މޫސަ ވިދާޅުވީ މިއަދު ތަރައްގީ އަންނަނީ ރާއްޖޭގޭ ރަށްތަކަށް ކަމަށެވެ. ފެނާއި ނަރުދަމާ އެއީ އަސާސީ ހައްގެއްކަން ކަނޑައެޅީ ވެސް އެމްޑީޕީންކަމަށާއި، އެއީ މީގެ ކުރިން އެއްވެސް ޕާޓީއަކުން ދައްކައި އުޅުނު ވާހަކައެއް ނޫންކަމަށް މޫސަ ވިދާޅުވި އެވެ. މިދިޔަ ހަފްތާގައި ރާއްޖޭގެ އެތައް ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ތައާރަފު ކުރިއިރު އެ ވާހަކަތަކަށް އެމްޑީޕީންނާއި، އަދި ސަރުކާރުގެ ކޯލިޝަން ޕާޓީއަކުން ފާހަގަ ނުކުރާކަން މޫސަ ފާހަގަ ކުރެއްވި އެވެ.

އާބާދީ ކުޑަ ބޮޑު މިނަށް ސަރުކާރުން އެއްވެސް ރަށެއް ތަފާތު ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލު ނުކުރެވޭ އަދި މީހުން ދިރިއުޅޭ އެއްވެސް ރަށެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިހާތަނަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ގާއިމުކުރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިސަރުކާރަށް އަހަރެއްވިތަނާ ކުރިމަތިވި ކޮވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމުގެ ދަންތުރައިގާ ހުރިހާ ގައުމެއް ބެދުނުނަމަވެސް މިބަލިމަޑު ކަމަކީ ކުރުން ލާޒިމް ކަންކަން ނުކުރުމަށް އޮތް ބަހަނާއެއް ނޫން ކަމުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ބަނދަރާއި ނަރުދަމާ އާއި ފެނުގެ ކަންތައްތައް ގާނޫނުން ކަނޑައަޅައިފައިވާ އަސާސީ ފުދުންތެރިކަން ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް، އެކަން އެއްވެސް ބަޔަކު ޕްރޮމޯޓް ކޮށްފައެއް ނުވާކަމަށް މޫސާ ވިދާޅުވެފައިވެއެވެ. އަދި އެމްޑީޕީއިން ރައީސް ސޯލިހުގެ ސަރުކާރުން ކުރަނުންދާ މަސައްކަތްތަށް ފާޅު ގޮތެއްގައި ބުނާކަށް ބޭނުން ނުވާ ކަމަށާއި، އަދާލަތު ޕާޓީން އެވާހަ ދެއްކިތަނެއް ނުފެނަނަ ކަމާއި، އެމްއާރުއެމް އަކުން ވެސް އެވާހަ ދައްކައިފައި ނުވާކަމަށާއި އަދި ޖުމްހޫރީ ޕާޓީން ވެސް މިކަމާ ބެހޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވާކަމަށްވެސް މޫސާ ފާހަގަކުރައްވާފައި ވެއެވެ.

ސަރުކާރުން ބާއްވާ ރަސްމިއްޔާތެއްގައި އެތަމެއްގައި ސޮއިކުރުން ނުވަތަ ރައީސުލްޖުމަހޫރިއްޔާ ފާޅުކުރާ ހިޔާލެއްގައި ނުވަތަ ބަޖެޓު ހުށަހެޅިގެން ކުރެވޭ ބަހުސެއްގައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ތާއީދުކުޜ މެންބަރުން ދައްކާ ވާހަކައަކުން ނޫން އެހެން ގޮތަކަށް އެކަންތަކެއް ނޭގެއެވެ. އަދި އެންމެ ފަހުން މި ބޭއްވުނު ލޯކަލް ކައުންސިލްގެ އިންތިހަބުންވެސް މާލޭގެ ގޮނޑިތަށް ގެއްލިގެން ގޮސްފައިވާކަން މޫސާ ފާހަގަކުރައްވާފައި ވެއެވެ.

މޫސާ ވިދާޅުވީ ރާއްޖެ ދިޔައީ ރަނގަޅު މިސްރާބެއްގައި ކަމަށްވީ ނަމަވެސް، މީ ދުނިޔެ ދުވަހަކުވެސް ނުދެކޭފަދަ ދަތިކަމެއް ކަމުގައި ފާހަގަކުރައްވާފައި ވެއެވެ. 2 ވަނަ ބޮޑު ހަނގުރާމައިގައިވެސް އަދި މިތާރީހުގައި އައިސްފައިވާ ތަދުތަކާއި ތަދުތަކާއި ރޯގާތަކަށް ބަލާއިރު މުޅި ދުނިޔެ އެއް ދުވަހަށް ހުއްޓާލި އަދި މުޅި ދުނިޔެ ބަންދުކުރި އެއްވެސް ތާރީހަކުން ފެންނާކަށެއް ނެތެވެ.

ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ހުންނަވައި ޑޮކްޓަރުންގެ އެހީގައި ކޮވީޑްގެ ބަލިތަށް ކޮންޓްރޯލް ކުރިގޮތަށް ސިފައިންނާއި ފުލުހުންނާއި އަދި ސިއްހީ ދާއިރާގެ މީހުންނާއި އާންމު ރައްޔިތުން އެކުވެގެން ސަރުކާރަށް އެއްބާރުލުން ދީގެން މިކަން ކުރުމުގެ ސަބަބުން މިއަދު ރާއްޖެއަށް މިކަމުން ނޭވާއެއް ލެވޭ ހިސާބަށް ގޮސްފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: