ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 އަހަރުތެރޭ އިތުރު 20 މެގަ ވޮޓްގެ ސޯލާ ހަކަތަ ގާއިމްކުރެވިއްޖެ: ޝައުނާ

ހޯމް ސޯލާ ޕްރޮގްރާމް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އިތުރު 20 މެގަ ވޮޓްގެ ސޯލާ ހަކަތަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ޑރ. އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމު ކަމަށްވާއިރު، ދިވެހި ރާއްޖެއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބި ދިވެހިރާއްޖެ ނެތިހިނގައިދާނެ ކަމުގެ ބިރު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދުނިޔޭގެ ހޫނުމިން ކުރިއަށް މިއޮތް 10 އަހަރުގެ ތެރޭގައި 1.5 ޑިގްރީ ސެލްސިއަސް އަށް ނުހިފެހެއްޓިއްޖެ ނަމަ، ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ވިއްސާރަ ކުރާ މިންވަރާއި ރަށްގިރާ މިންވަރާއި ފެންބޮޑުވާ މިންވަރު އެތަށް ގުނައަކުން އިތުރުވާނެ ކަމަށް ސައިންސްވެރިން އިއްތިފާގުވެލައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަންކަން ވުމަށް ލަފާކުރެވިފައި ވަނީ ކުރިއަށް އޮތް 20 ނުވަތަ 30 އަހަރުގެ ތެރޭގައި ކަމަށް މިނިސްޓަރ ވަނީ ލަފާކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ދިވެހިރާއްޖޭގައި ކުރެވޭ ކޮންމެ ކަމަކީ މިރާއްޖޭގެ ވިލުންވެރިކަން ކުޑަކުރުމަށް ކުރެވޭ ކަމަކަށް ވާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ގަނޑެއްގައި ލިޔެލާ ރީތި ލަފްޒަކަށް ވުމުގެ ބަދަލުގައި މިނިސްޓްރީން ތަންފީޒު ކުރާ ކޮންމެ ސިޔާސަތެއްގައި ވެސް ވިލުންވެރިކަން އެކުލަވާލަން ޖެހޭ ކަމެއް ކަމަށާއި، ދިވެހި ރާއްޖޭގެ ހަކަތައިގެ ސިޔާސަތަށް އިންގިލާބީ ބަދަލެއް ގެނައުމަށް މިކަން ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

” އަޅުގަނޑުމެންގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތަ ރާއްޖޭގައި ގާއިމްކޮށްފައިވާ އިންސައްތައަށްވުރެ 20 އިންސައްތަ އިތުރަށް އެންމެ މަދުވެގެން އިއާދަކުރަނިވި ހަކަތައިން ރާއްޖޭގައި ކަރަންޓު އުފެއްދުން. މިއަމާޒާއިއެކު އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖެއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް.” މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ އެކަމަނާ ސަރުކާރާ ހަވާލުވިއިރު، ރާއްޖޭގެ އެކިއެކި ރަށްރަށުގަ އާއި އެކިއެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވަނީ ޖުމްލަ 16.5 މެގަ ވޮޓްގެ ސޯލާ ހަކަތަ ކަމަށެވެ. އެހެންނަމަވެސް މިނިސްޓްރީން ވަނީ ވޭތުވެދިޔަ 3 އަހަރު ތެރޭގައި އިތުރު 20 މެގަ ވޮޓްގެ ސޯލާ ހަކަތަ ރާއްޖޭގެ އެކިއެކި ސަރައްދު ތަކުގައި ގާއިމްކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މިހާރު ޖުމްލް 36.5 މެގަ ވޮޓްގެ ސޯލާ ގާއިމްކޮށަފައިވާއިރު، މިހާރުވެސް 26 ރަށެއްގައި 11 މެގަވޮޓްގެ ސޯލާ އިންސްޓޯލް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަން މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. އަދި 32.8 މެގަ ވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުމަށް ބީލަން މަރުހަލާގައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރު 9 މެގަވޮޓްގެ ސޯލާ ހަރުކުރުމަށް ޕްރީ ޓެންޑަރިންގ މަރުހަލާގައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިދައުރު ނިމިގެންދާއިރު މަދުވެގެން 52.8 މެގަ ވޮޓްގެ ކަރަންޓު އިރުގެ އަލިން އުފައްދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެއީ އަހަރަކު 248 މިލިއަން ރުފިޔާގެ ސޭވިންގްސް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން މިކަމަށް ކުރަމުންދާ މަސައްކަތްތަކާއި ކުރާ ހޭދައަކީ ހަމައެކަނި ތިމާވެށި ރައްކާތެރި ކުރަން ކުރާ މަސައްކަތެއް ނޫން ކަމަށާއި މިއީ ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށާއި އަދި ރާއްޖޭގެ ވިލުންވެރިކަން އިތުރު ކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފެނަކަ ކޯޕަރޭޝަނާއި މިއަދު ހަވާލު މިކުރެވުނި ދައުލަތުގެ ބަޖެޓުން 20 މިލިއަން ރުފިޔާ އިންވެސްޓްކޮށް ފަށާ ރިވޯލްވިން ފަންޑެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ފަންޑުގެ ދަށުން ރައްޔިތުންގެ ގޭގެ ފުރާޅުގަ ސޯލާ ޕީވީ ހަރުކުރުމަށް ފައިސާ ދޫކުރެވެނެއެވެ. އަދި ފައިސާ އަނބުރަ ދެއްކޭނީ ކަރަންޓު ބިލުން ކަމުގައިވާއިތު މިއީ، ރައްޔިތުންގެ ކަރަންޓު ބިލް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެށް ކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ރަށްރަށުގައި ސޯލާ ސިސްޓަމް ހަރުކުރާއިރު ދިމާވާ ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ބިމުގެ ޖާއިގައިގެ ދަތިކަން ނުލިބުމުން ސޯލާ ޕީވީ ހަރުކުރުމަށް މިނިސްޓަރީއަށް އެ ޖާގަ ނުލިބޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހޯމް ސޯލާ ޕްރޮގަރާމެއްގެ ދަށުން ރައްޔިތުންގެ ގޭގޭ ފުރާޅުތަށް މިކަމަށް ބޭނުންކުރަން ފެށުމުން މި ޕްރޮޖެކްޓް ހިންގުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެއެވެ.

ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން މުޅިން އަލަށް މިނިސްޓްރީން ފެނަކަ ކޯޕަރޭވަނާއި އެކީގައި މިފަށާ ހޯމް ސޯލާ މެދުވެރިކޮށް ވަކިވަކި ގޭބިސީތަކުގެ ފުރާޅުތަކުގައި ސޯލާ ޕީވީ ހަރުކުރުމަށް މަގުފަހި ވެގެން ދިއުމަކީ ދިވެިހިރާއްޖެއަށް ދިމާވެފައިވާ ތެލަށް ބަރޯސާ ވުމުގެ މައްސަލައަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކާއި ހައްލެއް ކަމަށް ވެސް މިނިސްޓަރ ފާހަގކުރައްވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: