ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލަމާފުށި މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކޮލަމާފުށި މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮލަމާފުށި މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢުގެ ދަށުން ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މަޝްރޫޢުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަހްމަދު ތޮލްހަތުއެވެ. އަދި މި މަޝްރޫއުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް މޫސާ އަލީ މަނިކެވެ.

މިނިސްޓަރީން ބުނީ، ކޮލަމާފުށީގައި ފަށާއިފައިވާ މި ޕްރޮޖެކްޓްގެ ނަމަކީ ޑިޒައިން އެންޑް ބިލްޑް އޮފް ގއ. ކޮލަމާފުށި ރޯދް ޑިވެލޮޕްމެންޓް ކަމަށެވެ. އަދި މި މަސައްކަތް ހަވާލުކުރެވިފައި އާރްޑީސީއަށް ކަމަށެވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން މި މަށްރޫއޫގެ ދަށުން ކުރުމަށް ހަމަޖެހފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުން އަދި މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 85,329,687.67 ރުފިޔާ (އަށްޑިހަފަސް މިލިއަން ތިންލައްކަ ނަވާވީސްހާސް ހަސަތޭކަ އަށްޑިހަ ހަތް ރުފިޔާ ފަސްދޮޅަސް ހަތް ލާރި) އެވެ. އަދި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ކަމަށްވާއިރު މަޝްރޫޢުގެ އެއބަސްވުމުގެ މުއްދަތަކީ 450 ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: