ދިވެހިރާއްޖޭގައި ކޮވިޑު 19 ގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 27،000 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ހެލްތު ޕްރޮޓޭކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި 27،308 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފަ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖޭގައި 245 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައި ވެއެވެ.
ކޮވިޑު ގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ތެރެއިން އިއްޔެ ގްރޭޓަރ މާލެ އޭރިއާ އިން 185 މީހަކު ޖަހާފައިވާ އިރު، އަތޮޅުތަކުގެ ތެރެއިން 2 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފަ އެވެ. ކޮވިޑު 19 ގެ އައު ވޭރިއެންޓް ކަމަށްވާ “އޮމިކްރޯން” ދުނިޔޭގެ ހިސާބުތަކުގައި ފެތުރެމުން ދާތީ، އެކަމުން ރައްކާތެރިވުމަށް ރާއްޖޭގެ އާބާދީއަށް ބޫސްޓަރ ޑޮޒް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
COVID-19 : Vaccination Updates
06.01.2022
Number of people who have received the first dose –
GMA: 23
Atolls: 2Number of people who have received the second dose –
GMA: 78
Atolls: 19Number of people who have received the booster dose –
GMA: 185
Atolls: 60 pic.twitter.com/DLZBrQK4mt— Health Protection Agency (@HPA_MV) January 7, 2022
މިހާތަނަށް ރާއްޖޭގައި ކޮވިޑު 19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު 368،047 އަށް އަރާއިރު، ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު 396،941 އަށް އަރަ އެވެ.