ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އެއްލައްކައަށްވުރެ ގިނަ ވެކްސިން ޑޯޒް!

އާބާދީގެ އެންމެ ބޮޑު ބަޔަކަށް އަބަހަށް ވެކްސިން ޖެހި ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެއްލައްކައަށްވުރެ ގިނަ ވެކްސިން ޑޯޒް ލިބިއްޖެއެވެ.

ރާއްޖެއަށް މިފަހަރު ލިބިފައިވަނީ 100،620 ފައިޒަރ ވެކްސިން ޑޯޒެވެ. މިއީ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވާ ވެކްސިން ޑޯޒްތަކެކެވެ.

މިވެކްސިން ބޭނުންކުރާނީ ވެކްސިން ޖެހޭ އުމުރުފުރައިގެ މީހުންނަށް ވެކްސިން ދިނުމުގެ އިތުރަށް ބޫސްޓަރ ވެކްސިން ޑޯޒްގެ ގޮތުގައެވެ.

ރާއްޖެއަށް މިހާތަނަށް ލިބުނު ގިނަ ވެކްސިނަކީ އެހީގެ ގޮތުގައި ރާއްޖެއަށް ލިބިފައިވާ ވެކްސިނެވެ. ރާއްޖެއަކީ އާބާދީގެ ބޮޑުބަޔަކަށް އެންމެ އަވަހަށް ވެކްސިން ޖަހާފައިވާ އެއް ގައުމެވެ. އެންމެ އަވަހަށް ވެކްސިން ލިބުނު ގައުމުތަކުގެ އިތުރަށް ބިދޭސީން ހިމެނޭހެން އާބާދީގެ ބޮޑު ބަޔަކަށް ހިލޭ ވެކްސިން ޖަހައިދޭ ގައުމެއްގެ ގޮތުގައިވެސް ވަނީ ފާހަގަކުރެވިފައެވެ.

އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު 22،000އަށްވުރެ ގިނަ މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. ކޮވިޑު-19 ގެ އާ ވޭރިއަންޓެއް ފެނި ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހަން ފެށިތާ ވަނީ ދުވަސްތަކެއް ވެފަ އެވެ. އުމުރުން ދުވަސްވީ މީހުންނާއި ފްރަންޓް ލައިނުގައި މަސައްކަތް ކުރާ ސްޓާފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިވަގުތު ދަނީ ކުރިޔަށެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި 396،358 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 366،165 މީހުންނެވެ.

ބޫސްޓަރ ޑޯޒް މިހާރު ހުޅުވާލެވިފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި، އިތުރު ބަލިތަށް ތަހައްމަލު ކުރަމުންދާ ފަރާތްތައް އަދި ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށެވެ. ބޫސްޓަރ ޑޯޒްޖެހުމަށް ބުކްކުރުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ބުކްކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: