ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ އިސް މަގާމުތަކާ ހަވާލުވާން ތިބި މުވައްޒަފުން ތަމްރީނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ތަނުގައި ސްޓެލްކޯގެ އިސް މަގާމުތަކާއި ހަވާލުވާން ތިބި ފަރާތްތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މެނޭޖީރިއަލް ޓްރެއިނިންގ ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.

ސްޓެލްކޯ އިން ބުނީ މި ތަމްރީނު ޕްރޮގްރާމް ހިންގާފައިވަނީ މައިގަނޑު ތިން ބަޔަކަށް ފޯކަސް ކޮށްގެން ކަމަށާއި އެއީ ލީޑަރޝިޕް ސްކިލްސްއާއި، ޕީޕަލްސް ސްކިލްސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް ކަމަށެވެ.

ތިން ބެޗަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ޓްރެއިނިންގައި ވަނީ މިޑްލް މެނޭޖްމަންޓްގެ 45 މުވައްޒަފަކަށް ތަމްރީނުދީފަ އެވެ. މި ތަމްރީނަކީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީގެ ވަރަށް ބޮޑު އިސްނެންގެވުމަކާއެކު، ކުރިޔަށް ގެންދިޔަ ތަމްރީނެއް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

މިއީ ސްޓެލްކޯގެ ތާރީހުގައިވެސް ކުންފުނީގެ ކުރިމަގު ބައްޓަން ކުރުމަށްޓައި، ކުރިޔަށް އޮތް ތަނުގައި ސްޓެލްކޯގެ އިސް މަގާމުތަކާއި ހަވާލުވާން ތިބި ފަރާތްތަކަށް ދިން ފުރަތަމަ ތަމްރީނެވެ. މީގެ ކުރިން މިފަދަ ތަމްރީނުތައް ދެވިފައިވަނީ ސީނިއާ މެނޭޖްމަންޓަށްކަން ފާހަގަކޮށްލަން ޖެހެއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މި ޕްރޮގްރާމަކީ މިފަދަ އެހެން ޕްރޮގްރާމްތަކެއްގެ ވެސް ފެށުން ކަމަށާއި، ކުރިއަށް އޮތްތަނުގައި މިފަދަ އެހެން ޕްރޮގްރާމްތައްވެސް ކުރިޔަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި ޓްރެއިނިންގ އާއެކު، ކުންފުނި ކުރިޔަށްދާ ސްޕީޑާއި އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުން ވެސް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ ކަމަށާއި، މީގެ އިތުރުން މާހައުލާއި، މުޖުތަމައުއަށް އަންނަ ބަދަލާއެކު، އާންމުންގެ އުމްމީދުތަކާއި އެއްވަރަށް ހިދުމަތްދެވޭނެ ވަރުގަދަ ލީޑާރޝިޕެއް ތައްޔާރުކުރެވިގެންދާނެ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

“މިއީ މިކުންފުނީގެ ލީޑަރޝިޕް ސަކްސެޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑަރސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް. ކުރިއަށް އޮތްތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަންތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރެއިނިންގ ތަކެއްދެވި، ކުންފުނީގެ ވިޝަންއާއި، މިޝަންއާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށްވުރެވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް” މުޣުނީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: