ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ މީހަކަށް ވަކިން ގުޅައި ޕާޓީއަކަށް ސޮއި ކުރިންތޯ އަހަން އުނދަގޫ ވަނެ: އީސީ

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް އަބްދުއްރަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަން ކޮމިޝަނަށް ޕާޓީތަކުން ހުށައަޅާ ހުރިހާ ފޯމެއް ވެރިފައި ކުރުމަށް ވަގުތު ނަގާނެ ކަމަށާއި، ސިޔާސީ ޕާޓީތަކުން ލިބޭ ހުރިހާ ފޯމުގައި ނަން ހުންނަ މީހަކަށް ވަކިން ގުޅައ ޕާޓީއަކަށް ސޮއި ކުރިންތޯ ސުވާލު ކުރުން އެއީ ފަސޭހަކަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއި އެކު މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެކި ޕާޓީތަކުން ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފޯމްތަކުގެ ޝަކުވާތަކަށް ކޮމިޝަންގެ ނައިބު ރައީސް ހަބީބް އަބްދުއްރަހީމް ވަނީ ޕާޓީތަކަށް އިތުބާރުކުރުން އިސްކުރުން މުހިންމު ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން ގިނަ ފަހަރު މަތިން ދިމާވާ އެއް މައްސަލަ ކަމަށް ވާ އާއްމު މީހާއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުވުމާއި ގުޅިގެން ކޮމިޝަނަށް ފާޑު އަމާޒު ވެފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމީހަކަށް ނޭނގި ސޮއި ކޮށްފައިވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވާ މައްސަލައިފައި އީސީއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް މިހެން ވަނީ ހަމަ އެމީހަކު އަމިއްލަ އިހްތިޔާރުގައި ޕާޓިއަކަށް ސޮއިކޮށްގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ބައްދަލު ވުމުގައި ވާހަކަދައްކަމުން ހަބީބު ވަނީ ޕާޓީގެ މެމްބަރުންގެ ކަން ބޮޑުވުންތަކަށް އަލިއަޅުވާލައި ވާހަކަދައްކާފައެވެ. އެގޮތުން ސިޔާސީ ޕާޓިތަކުން އާއްމު މެމްބަރުން ރަޖިސްޓްރީ ކުރުމަށް ފޯމް ހުށައަޅާއިރު، ޕާޓީ ރަޖިސްޓްރީ ވުމުގެ ވަކި މެމްބަރުންނަށް ފޯނުކޮށްގެން ފޯމްތައް ވެރިފައި ކުރެވޭ ކަމުގައި ހަބީބް ވުދާޅުވިއެވެ. އަދި ރަޖިސްޓްރީ ވުމަށްފަހު، ކޮންމެ ޕާޓީއަކުން ހުށައަޅާ 25،000 އާއި ގާތް ކުރާ އަދަދެއްގެ ފޯމްތައް ކޮމިޝަނުން ގުޅަައިގެން ވެރިފައި ކުރަން ވެއްޖެ ނަމަ ވަރަށް ވަގުތު ނަގާނެ ކަމުގައި ވިދާޅުވިއެވެ.

” 25،000 އާއި ގާތްކުރާ އަދަދަކަށް ފޯމް ލާފައި ހުރި އިރު، ހުރިހާ ފޯމްތައް ވެރިފައި ކުރަން ވަގުތު ނަގާނެ. ކޮމިޝަނުން ޕާޓީތަކަށް އިތުބާރު ކުރުން މުހިންމު. ” ނައިބު ރައީސް ހަބީބް

ހަބީބު ވިދާޅުވީ ޕާޓިއަކާއި ގުޅުނު މީހުންކަމަށް ބުނެ ސިޔާސީ ޕާޓީއަކުން ހުށަހަޅާ ފޯމަކީ އޭގެ ޒާތުގައި ސައްހަ ފޯމެއް ކަމުގައެވެ. މިއިން ކޮންމެ ފޯމެއްގައި އެ މީހެއްގެ އިނގިލީގެ ނިޝާން ޖެހުމަށް ފަހު ފޯމުގައި ސޮއި ކުރެވޭ އިރު ދެ ހެކިވެރިން ތިބޭ ކަމަށް ވެސް ވިދާޅުވިއެވެ. މިފަދަ ސައްހަ ފޯމެއްގައި ނުރަނގަޅު މައުލޫމާތު ހުރެއްޖެނަމަ އެކަމުގެ ޒިންމާ ޕާޓީއިން ނަގާނެ ކަމަށް ކޮންމެ ޕާޓީއެއްގެ ރަޖިސްޓްރާ އިގްރާރުވެފައި އޮންނާނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

އެހެންކަމުން، ކޮމިޝަނަށް ޕާޓީތަކުން ހުށައަޅާ ފޯމްތަކަކީ ސައްހަ ފޯމްތަކުގައި ގަބޫލުކޮށް ޕާޓީތަކަށް އިތުބާރު ކުރާ ކަމުގައި ހަބީބް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެކި ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ އިރު، މެމްބަރުކަމަށް ވުމަށް ހުށައަޅާ ފޯމުގައި ހުރި އެކި މައްސަލަތައް ފާހަގަކޮށްފައިވެއެވެ. ކޮމިޝަނުން ވަނީ މި މައްސަލަތަކާއި މެދު ކޮމިޝަނުގައި މަޝޤވަރާކުރުމަށް ފަހު، ޕާޓީތަކާއި ހިއްސާކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފޯމް ތަކުގައި އިތުރު ކުރަން ޖެހޭ ނުވަތަ އުނި ކުރަން ޖެހޭ ކަމެއްވާ ނަމަ، އެފަދަ ކަމެއް ކުރާނީ ޕާޓީތަކާއި ބައްދުލުކުރުމަށް ފަހުގައި ކަމަށްވެސް ކޮމިޝަނުން ބުނިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: