ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ހިއްސާވާ ނުވަ ކުންފުންޏެއް އުވާލަނީ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ނުވަ ކުންފުންޏެއް އުވާލުމުގެ މަރުހަލާ ކުރިއަށްދާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފައިވާ އުވާލުމުގެ މަރުހަލާގައިވާ ކުންފުނިތަކުގެ ލިސްޓުގައިވަނީ 2016 ވަނަ އަހަރު އުވާލުމަށް ނިންމި ހަ ކުންފުންޏަކާއި 2018 ވަނަ އަހަރު އުވާލުމަށް ނިންމި އެއް ކުންފުންޏާއި 2019 ވަނަ އަހަރު އުވާލުމަށް ނިންމާފައިވާ ދެ ކުންފުންޏެވެ.

2016 ވަނަ އަހަރު އުވާލުމަަށް ނިންމި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން، ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް، މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އަދި ވޯކްސް ކޯޕަރޭޝަން ލިމިޓެޑެވެ.

2018 ވަނަ އަހަރު އުވާލުމަށް ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއެވެ. 2019 ވަނަ އަހަރު އުވާލަން ނިންމާފައިވަނީ ހަޒާނާ މޯލްޑިވްސް ލިމިޓެޑް އަދި ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑްއެވެ.

މި ނުވަ ކުންފުނި އުވާލުމަށް ނިންމާފައިވާއިރު މީގެ ތެރެއިން ބައެއް ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް މިހާރު ވަނީ އެހެން ބައެއް ކުންފުނިތަކާއި ހަވާލުކުރެވިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: