ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އަރައިފި

ކުޅުދުއްފުށީގައި އެސްޓްރާ ޒެނަކާ ވެކްސިން ޖެހުމުގެ ތެރެއިން— ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ކޮވިޑު 19 ގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހެލްތު ޕްރޮޓޭކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 40،571 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފަ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް މާލެއިން 2،562 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައި ވެއެވެ.

އަތޮޅުތަކުގެ ތެރެއިން 284 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. ކޮވިޑު 19 ގެ އައު ވޭރިއެންޓް ކަމަށްވާ “އޮމިކްރޯން” ދުނިޔޭގެ ހިސާބުތަކުގައި ފެތުރެމުން ދާތީ، އެކަމުން ރައްކާތެރިވުމަށް ރާއްޖޭގެ އާބާދީއަށް ބޫސްޓަރ ޑޮޒް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑު 19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު 368،963 އަށް އަރާއިރު، ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު 397،290 އަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: