ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިޔަވައިދޭއިރު ޓީޗަރުގެ “ފޭޝަލް އެކްސްޕްރެޝަން” ފެނުމަކީ މުހިންމުކަމެއް: ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ކިޔަވައިދޭއިރު ޓީޗަރުގެ “ފޭޝަަލް އެކްސްޕްރެޝަން” ފެނުމަކީ މުހިންމުކަމެއް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

މޫނު ބުރުގާ އަޅައިގެން ކިޔަވާނުދެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން އެންގުމާއި ގުޅިގެން އުފެދުފައިވާ ބަހުސްގެ ތެރޭގައި އެމްޑީޕީ މެމްބަރުން އަންނަނީ މޫނު ބުރުގާ އަޅަިެގން ކިޔަވާދިނުމާއި ދެކޮޅަށް ވާހަކަދައްކަމުންނެވެ. ޕާޓީއިން ވަނީ ކިޔަވައިދޭއިރު މޫނު ބުރުގާ އެޅުމާއި ދެކޮޅު ހަދައި ބަޔާނެއްވެސް އާންމުކޮށްފައެވެ.

މެމްބަރު ޔާސިރު ވިދާޅުވީ ކިޔަވައިދޭއިރު ކިޔަވައިދޭ އެއްޗެއް ދެނެގަތުމުގައި ޓީޗަރުންގެ “ފޭޝަލް އެކްސްޕްރެޝަން” ފެނުމަކީ މުހިންމު ކަމެއްކަމަށެވެ. އެކަމުގެ ސަބަބުން ޓީޗަރު ފޯރުކޮށްދޭން ބޭނުންވާ މެސެޖުވެސް ފަސޭހައިން ދަރިވަރުންނަށް ނަގައިގަނެވޭނެ ކަމަށާއި މިފަދަ ބަދަލުތައް ކުއްޖާއަށް ފެނުމަކީ އުނގެނުމުގައި މުހިންމުކަމެއް ކަމަށް ޔާސިރު ވިދާޅުވިއެވެ.

ކިޔަވައިދޭ ޓީޗަރަކީ ކާކުކަން ދަރިވަރުންނަށް އެނގެންޖެހޭކަމަށް އެމްޑީޕީގެ ނައިބްރައީސް އަދި ރައީށް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ކުރެއްވި ޓުވީޓު ރީޓުވީޓު ކުރައްވާ ޔާސިރު ވަނީ ކިޔަވައިދޭ ވަގުތުތަކުގައި މޫނު ނެގުމަށް ބުނަނީ ސަބަބުތަކެއް ހުރެގެން ކަމަށާއި އެސަބަބުތައް ބަޔާންކުރުމުގައި އޮތް މައްސަލައަކީ ކޮބައިތޯ ވަނީ ސުވާލުކުރައްވާފައެވެ. އަދި މިކަމުގައި ޚިޔާލު ފާޅުކުރުމަކީ މަރުގެ އިންޒާރު ދޭންޖެހޭ ކަމެއްތޯ ޔާސިރު ވަނީ ސުވާލުކުރައްވާފައެވެ.

މިމައްސަލާގައި އެމްޑީޕީއިން އާންމުކުރި ބަޔާނުގައި ވަނީ ސްކޫލްތަކުގައި ކިޔަވައިދޭއިރު މޫނުބުރުގާ އެޅުމާއި ދެކޮޅުކަން ހާމަކޮށް މުޖުތުމައު ބޭނުންވަނީ ޓީޗަރުން ކިޔަވައިދޭއިރު މޫނުބުރުގާ ނަގައިގެން ތިބުމަށްކަމަށް ބުނެފައެވެ. މިމޭރުމުން ވާހަކައެއް ދައްކާ މީހަކީވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު ޕާޓީއިން ކަންބޮޑުވާކަމަށް ޕާޓީއިން އާންމުކުރި ބަޔާނުގައިވެއެވެ. އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ފާހަގަކޮށް އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ބަޔާނުގައި ވަނީ ގޮވާލާފާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 110%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: