ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޔަތްތަކުގައި ކުށް ހުރިތޯ ބެލުމަށް އެކުލަވާލި ކޮމިޓީއާއި އިސްލާމިކް މިނިސްޓަރ ބައްދަލު ކުރައްވައިފި

އާޔަތްތަކުގައި ކުށް ހުރިތޯ ބެލުމަށް އެކުލަވާލި ކޮމިޓީއާއި އިސްލާމިކް މިނިސްޓަރ ބައްދަލު ކުރުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ގުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯބަލައި ފާސްކުރާ ކޮމެޓީ ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައި އެކޮމެޓީގެ މެމްބަރުންނާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ބައްދަލު ކުރައްވައިފިއެވެ.

މިކޮމެޓީ އުފެއްދުމުގެ މަގްސަދަކީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕްކުރެވޭ ފޮތްތަކުގައި ލިޔެފައިހުންނަ ކީރިތި ގުރްއާންގެ އާޔަތްތަކުގައި ކުށްހުރުމާއި ގުޅިގެން އެކަމަށް ހައްލެއް ގެނައުމެވެ.
އަދި ކޮމެޓީގެ މަސައްކަތަކީ ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ގުރްއާނުގެ އާޔަތްތަކުގައި ކުށްހުރި ތޯ ބެލުމެވެ.

ކޮމިޓީގައި ޖުމްލަ 7 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. ކޮމިޓިގެ ޗެއަރ އެއްގެ ގޮތުގައި އަލްހާފިޒް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އައްޔަން ކޮށްފައިވާ އިރު، ވައިސް ޗެއަރ އެއްގެ ގޮތުގައި އައްޔަންކުރެވިފައިވަނީ އައްޝެއިހު އަލްހާފިޒު މުހައްމަދު ލަތީފެވެ. އަދި މީގެ އިތުރުން ކޮމިޓީގައި އައްޝެއިހު އަލްހާފިޒް އިބްރާހިމް ރަޝީދާއި، އައްޝެއިހު ނަސްރުﷲ އަލީ ގެ އިތުރުން އައްޝެއިހު އަހްމަދު ޝަފީގު، އައްޝެއިހު އަލްހާފިޒް އަލީ ނަޖީބާއި އަލްހާފިޒް އަބްދުﷲ މަސްއޫދު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: