ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ މަޝްރޫއުތައް ދެނީ ކާނަލް ނާޒިމްގެ ކުންފުންޏަށް، އެމްޑީޕީއާއި އެމްއެންޕީ ގުޅިގެން މަސައްކަތްކުރާކަމުގެ ތުހުމަތު!

ޕީއެންސީގެ ނައިބް ރައީސް ޝުޖާއު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ގިނަ މަޝްރޫއުތައް ހަވާލުކުރަނީ ކާނަލް މުހައްމަދު ނާޒިމްގެ ކުންފުންޏަށް ކަމަށް ވިދާޅުވީ އެމްއެންޕީ އަދި އެމްޑީޕީ ގުޅިގެން މަސައްކަތްކުރާކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ތުހުމަތުކޮށްފިއެވެ.

ރޭ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމް ނޫން އެހެން ކޮންމެ ޕާޓީއަކަށް ކާމިޔާބު ކުރެވުނަސް، ގޮނޑި އެލިބުނީ އެއްބަޔަކަށް ކަމަށެވެ. ބައި އިލެކްޝަން ކާމިޔާބު ކުރުމަށް ކާނަލް ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް އިސްކޮށް ހުންނަށް އުފައްދާފައިވާ އެމްއެންޕީއާއި އެމްޑީޕީ މަސައްކަތް ކުރަމުންދަނީ އެއްބައެއްގެ ގޮތުގައިކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ސަރުކާރުގެ ގިނަ މަޝްރޫއުތައް އަދިވެސް ހަވާލުކުރަނީ ކާނަލް ނާޒިމްގެ ކުންފުންޏަށް ކަމަށެވެ. އެކަންކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާއިވެސް ގުޅުންހުރި ކަންކަން ނޫންކަމުގައި ވިދާޅުވާ ކަމަށާއި އެހެންނަމަވެސް ހަގީގަތަކީ ޕީޕީއެމް ނޫން އެހެން ބަޔަކަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބިއްޖެކަމުގައިވާނަމަ އެގޮނޑި އެލިބެނީ އެއްބަޔަކަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

“ދައުލަތުން ދޭ އެންމެ ގިނަ ޕްރޮޖެކްޓްތައް މިލިބެނީ ކާނަލް ނާޒިމްގެ ކުންފުންޏަށް، ޕްރޮޖެކްތް މިދެނީ އިބޫ އާއި އަންނިއާއި ދެމީހުން. އެކަމަކި މިބުނަނީ ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ! އަޑިއަޑިން ދެމީހުން އެކީ ކުރާ ކަންތައްތަކެއް މިއީ. ޕީޕީއެމްއަށް ގޮނޑި ލިބިދާނެތީ” ޝުޖާއު

ޝުޖާއު ވިދާޅުވީ މިވަގުތު މިއޮތީ ދޭތި އެއްވީމަ އެކައްޗަށް ވާ ހާލަތު އައިސްފައި ކަމަށެވެ. ޕީޕީއެމް ފިޔަވައި ދެން ތިބި ދެޕާޓީއަކީ އެކައްޗެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ގިނަ ވައުދުތަކެއް ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ކަމަށެވެ. އެގޮތުން، ފޯކައިދޫ ރައްޔިތުން ރުކަށް އަރައިގެން ބާލާ ރާ ޕްރޮސެސްކުރާނެ ފެކްޓްރީއެއް ގާއިމްކޮށްދިނުން ފަދަ ތަފާތު އެތައް ވައުދެއް ރައްޔިތުންނަށް ވެފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންނަމަވެސް ވެރިކަމަށް ތިން އަހަރުވެގެން ދިޔައިރު މިފަދަ ވައުދުތައް ފުއްދިފައިވާ ނުވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި ވޯޓާއި ހަމައަށް ދާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ކޮންބައެއްކަން ނުވަތަ ކޮން ވިސްނުމެއްގެ ބައެއްކަން ރައްޔިތުންނަށް ދެނެގަންނަންޖެހޭކަމަށް ޝުޖާއު ވިދާޅުވިއެވެ.

“ރައީސް ސޯލިހާއި ރައީސް ނަޝީދު އެއްބައިވާނެ އޮންނާނީ އެންމެ ކަމެއް! އެއީ ލާދީނިއްޔަތު ފެތުރުން!” ޝުޖާއު

ރާއްޖެ މިއަދު މިއޮތް ހާލަތާއިމެދު ވަރަށް ރަނގަޅަށް ވިސްނުމަށް ޝުޖާއު ވަނީ ގޮވާލައްވާފައެވެ. އެގޮތުން، އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާއި ހަވާލުކުރެއްވުމުން ރާއްޖޭގެ ދަރަޖަ ވަރަށް ބޮޑުތަނުން ދަށަށް ދިޔަކަން ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ. އެއާޕޯޓުގައި ޓްރޮލީ ދަމަން އުޅުނީވެސް އިންޑިޔާމީހުންކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އިންސާފް ގާއިމްކޮށްދިނުމަށް ވެވަޑައިގެންނެވި ވި ވައުދަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެހެންނަމަވެސް މިއަދުވެސް ސްކޫލްތަކުގައި މޫނުބުރުގާ އެޅުމާއި ދެކޮޅު ހައްދަވަނީ އެމްޑީޕީއިންކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: