ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުތަކެއް ވަންދެން ގައުމު ބަންދުގައި ނުބޭއްވޭނެ، ކޮވިޑާއި އެކު އުޅުން ނޫން ގޮތެއް ނެތް: ޑރ. އަފްޒަލް

މާލޭގެ ސަރަހައްދުން ރާއްޖޭގެ ރަށްތަކަށް ދަތުރު ކުރުމުގައި ޕީސީއާރު ހެދުން ވަނީ މަޖުބޫރުކޮށްފައި/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރުތަކެއް ވަންދެން ގައުމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭއްވުން އެއީ ފަސޭހަކަމަށް ނުވާނެކަމަށާއި، ކޮވިޑު-19 އާއި އެކު ދިރިއުޅުން ނޫންގޮތެއް ނެތްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ގައުމު ބަންދުގައި ބޭއްވުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ކޮވިޑާއި އެކު އުޅުން ނޫން ގޮތެއް ނެތް ކަމަށެވެ. މާލޭގެ ސަރަހައްދުން ފެނުނު ކޮވިޑުގެ އެންމެ ފުރަތަމަ ކޭސްއާއި އެކު މުޅި މާލެ ސިޓީއެއްކޮށް ފުރަބަންދު ކުރަން ޖެހުނީ އޭރު ބައްޔާއި ގުޅޭ މާގިނަ މައުލޫމާތުތައް ނޭނގޭތީ އާއި ބަލީގައި ގައުމުތަކުގެ ހާލަތު ދަށްވެ އެތައް ބަޔަކު ބަލީގައި ނިޔާވަމުން ދިއުމުގެ ސަބަބުންކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭރު ބޯޑަރުތައް ބަންދުކޮށް، ރަށްތަކަށް ދަތުރު ކުރުން މަނާ ކުރަން ޖެހުނީ މަޖުބޫރުކަމެއްގެ ތެރެއިން އިތުރު އެއްވެސް ގޮތެއް ނެގިގެންކަން ފާހަގަކޮށް ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑުގެ އެކި ރާޅުތަކުގެ ތެރޭގައި ގައުމުތައް ގުނަމުން މިދަނީ ތިން ވަނަ އަހަރު ކަމަށެވެ.

މި ދެ އަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ނުވާ އަދަދަކަށް މީހުންނަށް ދުވާލެއްގެ މައްޗަށް ބަލި ޖެހި، ދުވަހުން ދުވަހަށް ޕޮޒިޓިވިޓީ އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުންތަކަށް ޑރ. އަފްޒަލް ވިދާޅުވީ މިވަގުތު ދިރިއުޅުން ބައްޓަން ކުރަންވީ ކޮވިޑާއި އެކު އުޅުމަށް ކަމަށެވެ. ތިން އަހަރު ނުވަތަ ހަތަރު އަހަރު ވަންދެން ގައުމުތައް ބަންދުކޮށް އާއްމު ދިރިއުޅުމަށް އުނދަގޫވާފަދަ ފިޔަވަޅުތައް ނޭޅޭނެކަން ގަބޫލު ކުރަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

”މިހާރު އަޅުގަނޑުމެންގެ ހިޔާލު މި ހުންނަނީ ބައްޔާއެކުގައި ދިރިއުޅުން ކުރިއަށް ގެންދާ ކަހަލަ އުސޫލަކަށް… ކޮންމެ ގޮތެއް ވިޔަސް 04 ނޫނީ 03 އަހަރަށް ދިގުދެމިގެން ދިޔަސް އަޅުގަނޑުމެންނަށް ނުތިބެވޭނެތާ ހުރިހާ ވަގުތެއްގައި އިމަޖެންސީ ހާލަތެއްގެ ތެރޭގައި“ ޑރ. އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވީ ގައުމުގައި އަބަދު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެން ނުތިބެވޭނެކަމަށާއި، އާމްދަނީ ހޯދުމަށް ވަޒީފާތަކަށް ގޮސް ދަރިވަރުންނަށް ސްކޫލުތަކުގެ ކިޔެވުން ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ. މީގެ އަހަރެއް ކުރިން އެޅި ފިޔަވަޅުތަކުން ދިރިއުޅުމަށް އެތައް އަސަރުތަކެއް ކުރިކަން ފާހަގަކޮށް ޑރ. އަފްޒަލް ވިދާޅުވީ އެފަދަ ދެވަނަ ހާލަތެއް ތެރެއަށް ދާން ޖެހުމާއި ނުވަތަ އެފަދަ ނިންމުމެއް ނިންމުން ވެސް ފަސޭހަ ނުވާނެ ކަމަށެވެ.

މިވަގުތުގެ ހާލަތު ގޯސްވެފައިވާތީ އާއްމުން އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ދިރިއުޅުމުގެ ކަންކަން ހަރުދަނާކޮށް ރަނގަޅު ކުރުންކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އަދި މިހާރު ދީފައިވާ ލުއިތަކުގެ ތެރެއިން އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ޑރ. އަފްޒަލް އިރުޝާދު ދެއްވި އެވެ. ނަމަވެސް ވޭރިއަންޓު ފެތުރުން ކޮންޓްރޯލް ނުކުރެވޭ ވަރަށް ހާލަތު ގޯސްވާނަމަ ފިޔަވަޅުތައް އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، މާލޭގެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އެއްހާހުން މައްޗަށް އަރަ އެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ މިހާތަނަށް މާލެ ހިމެނޭހެން 11 ރަށަކުން އޮމިކްރޯންގެ ޖުމްލަ 125 ކޭސް ދެނެގަނެވިވާކަން ފާހަގަ ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: