ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ބޭނުން ނަމަ އެއްވެސް ޕްރޮޖެކްޓެއް ނުހިންގާ ވެސް ވެރިކަން ކުރެވުނީސް: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ގާސިމް އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަގީގަތުގައި ވެރިކަން ކުރުމަށް ލިބުނީ އެއް އަހަރު ކަމަށާއި ސަރުކާރު ސްލޯ ކަމުގައި ބުނުމަކީ ލަދުވެތިވާން ޖެހޭކަމެއް ކަމުގައި ކޯލިޝަން ޕާޓްނަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ވިދާޅުވީ މި ދެއަހަރު ދުވަހު ސަރުކާރުން ބޭނުންވާ ނަމަ އެއްވެސް ޕްރޮޖެކްޓެެއް ނުހިންގާ ވެސް ވެރިކަން ކުރެވިދާނެ ކަމަށާއި ނަމަވެސް މިސަރުކާރުން ބޭނުން ވަނީ ފަންސާސް އަހަރުދުވަހުގެ ތަރައްގީ ރައްޔިތުންނަށް ގެނެސްދިނުން ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރަށް ލިބުމަކީ ބޭރު ދުނިޔެ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެން ދާނެ ކަމެއް ކަމުގައި ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ ދެކޮމަންޑޫ ގުޅާލެއްވުމަކީ 2008 ވަނަ އަހަރުން ފެށިގެން ވިސްނުންފުޅުގައިވާ ހުވަފެނެއް ކަމަށާއި ކަމަށާއި އެމަނިކުފާނުގެ ވެސް ހިއްސާ ހިމެނޭ މިސަރުކާރުން އެކަން ފުރިހަމަ ކޮށްދެއްވާތީ އެކަމާއި އުފާކުރައްވާ ކަމުގައެވެ.

ދުނިޔެއަށް ދިމާވެފައި މިވާ ދަތި ދަނޑިވަޅުގައި ވެސް ރާއްޖޭގެ ހާލަތު ރަނގަޅު ކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާ ކުރައްވައި އެންމެ މަދުވެގެންވެސް ކުރިއަށް އޮތް ދެ އަހަރުވެސް ވެރިކަމުގައި ރައީސް ސާލިހް ހުންނަވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ކޮމަންޑޫ އިންތިހާބު ސަރުކާރަށް ކާމިޔާބު ނުވެއްޖެ ނަމަ ބޭރުގެ ގައުމުތަކުން ފޯރުކޮށްދެމުން ގެންދާ މާލީ އެހީތެރިކަން ލިބުމުގައި ދަތިތަކެއް މެދުވެރިވެ ފަހަރުގައި އެހީ ނުލިބިދާނެ ކަމުގައިވެސް ޤާސިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމަށް އިޝާރާތް ކުރައްވައި ޤާސިމް ވިދާޅުވީ ހުރިހާ ކޯޓަކުން ކުށް ސާބިތުވެ ސުޕްރީމް ކޯޓުން މިނިވަންވެ މަގުމަތީގައި އުޅުއްވި ނަމަވެސް އެކަން ސަރުކާރަށާއި އެމްޑީޕީ އަށް އަދި އެމަނިކުފާނަށް ހަޖަމް ކުރެވޭނެ ކަމަށާއި މިސަރުކާރުން ސުޕްރީމް ކޯޓުގެ ހުކުމްތަކަށް އިޚްތިރާމް ކުރާނެ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: