ލ. ފޮނަދޫ މަގުހެދުގެ މަޝްރޫގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިޔަށުްދަނީ ފެން ހިންދާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
މި މަޝްރޫގެ ދަށުން 27،179 އަކަމީޓަރުގެ ދުވާ ސަރަހައްދެއް ޤާއިމް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 10،392 އަކަ މީޓަރުގެ ޕޭވްމަންޓް މަސައްކަތާއި ފެން ހިންދާ ނިޒާމް ވެސް ޤާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުމަތީގެ ނިޝާންތައް ހަރުކުރުމާއި މަގު ބައްތިތައް ވެސް މި މަޝްރޫ ނިގެންދާއިރު ހަރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މައުލޫމާތު ދެ އެވެ.
ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް. #MTCCProjects #RayyithungeKunfuni pic.twitter.com/IxwxKx8lAy
— MTCC Plc (@MTCCPlc) January 31, 2022
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއަކީ 53.9 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

