ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަވަންދުއާއި ކެންދޫގެ މަޝްރޫއުތަކަށް ބޭނުންވާ މެރިން ސާވޭ ނިންމާލައިފި

މެރިން ސާރވޭ ކުރުން
މެރިން ސާރވޭ ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބ، އަތޮޅުގެ ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެކަމަށް ކުރަންޖެހޭ ސާވޭ ނިންމާލާފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.

މީޑިއާތަކަށް އެމްޓީސީސީން ބުނީ ބ. އަތޮޅު ދަރަވަންދޫ އާއި ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރަންޖެހޭ ސާވޭތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، ބ. އަތޮޅު ކެންދޫގެ މެރިންސާވޭކޮށް ނިމިފައިވާ ކަމަށާއި އެ އަތޮޅު ދަރަވަންދޫގެ މެރިން އާއި ޓެރެސްޓިރިއަލް ސާވޭ ވެސް ނިމިފައިވާކަމަށް އެމްޓީސީސީން މައުލޫމާތު ދިނެވެ. ކުންފުނިން ބުނީ މިވަގުތު ކުރިއަށް ދަނީ ރ. އަލިފުށީގެ މެރިން އާއި ޓެރެސްޓިރިއަލް ސާވޭގެ މަސައްކަތްތައް ކަމުގައެވެ.

މެރިން ސާރވޭގެ ތެރޭގައި ހިމެނެނީ މަހުގެ ސެންސަސް، ފަރުތަކުގެ ބެންތިކް ކޮމްޕޮސިޝަނިންގެ ކޮލިޓޭޓިވް އެނާލިސިސް އާއި މެރިން ވޯޓަރ ސާމްޕލިންގ އެވެ. އަދި ހަމަ އެއާއި އެކު ޓެރެސްޓިރިއަލް ސާރވޭގެ ތެރޭގައި ހިމެނެނީ ސްޓޭކްހޯލްޑަރުންނާއި ކޮންސަލްޓެންޓްކުރުމާއި، ވެޖިޓޭޝަނަލް ޓްރާންސެކްޓް އާއި ބީޗް ޕްރޮފައިލް ކުރުމާއި ޝޯރލައިން އެނެލައިޒް ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: