ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލު ރަނގަޅު، ހާލަތު ދަނީ މޮނީޓަރ ކުރަމުން: ފޮރިން މިނިސްޓްރީ

ހަނގުރާމައެއް ބޭނުން ނުވާކަމަށް ބުނެ ޔޫކްރެއިންގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން/ ފޮޓޯ: އޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެރިންގައި މިވަގުތު ތިބީ 50 ދިވެހިންކަމަށާއި، އެ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރަޝިޔާގެ ސިފައިން ޔޫކްރެއިންގައި ހަރަކާތްތެރި ވަމުންދާތީ ކޮންމެ ވަގުތެއްގައިވެސް އެ ގައުމަށް ހަމަލާއެއް ދީފާނޭ ކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ގައުމެއްގެ ރަތްޔިތެއް އެމީހެއްގެ ގައުމަށް އެބުރި ދިޔުމަށް ގައުމުތަކުން ދަނީ އިލްތިމާޒް ކުރަމުންނެވެ.

ފޮރީން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ”ސަންގު“ އަށް ވިދާޅުވީ ޔޫކްރެއިންގައި ތިބީ 50 އެއްހާ ދިވެހިން ކަމާށާއި، އެ ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ ގައުމުގައި ތިބި ދިވެހިންނާއި، މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާކަމަށް މިއުވާން ވިދާޅުވި އެވެ. ނަމަވެސް އެ މީހުންގެ ހާލަތު ގާތުން މޮނީޓާރ ކުރަމުންދާކަން މިއުވާން ފާހަގަ ކުރެއްވިއެވެ.

މިއުވާން މައުލޫމާތު ދިން ގޮތުގައި، މިވަގުތު ޔުކްރެއިންގައި ތިބީ މަތީ ތައުލީމް ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުންނެވެ.

މި ހަފްތާގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ އިންޒާރު ދީ، ތުހުމަތުތަކެއް ކުރެވިފައިވާތީ އެގައުމުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން ސަލާމަތީ ފިޔަވަޅުއެޅުމަށް އެމެރިކާއިން ވަނީ ގޮވާލާފައެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި އެމެރިކާގެ ރައްޔިތަކު ވާނަމަ ޔޫކްރެއިން ބޭރުވުމަށް ހުކުރު ދުވަހު ވަނީ ގޮވާލާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނުން ދަނީ ޔޫކްރެއިންގެ ހާލަތު މޮނިޓާ ކުރަމުނެވެ. އަދި އެ ގައުމުން ބޭރުވާން ޖެހޭ ވަރުގެ ނުރައްކަލެއް ނެތްކަމަށް ކޮމިޝަނުން ބުނެއެވެ.

ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ރަޝިއާގެ 1000،000 އެއްހާ ސިފައިން ޔޫކްރެއިނާ ގުޅޭ ބޯޑަރު ކައިރީ ހަރާކާތްތެރިވަމުން ދަނީ އެ ގައުމު ހިފުމުގެ ބޭނުމުގައެވެ.

އަޅުވެތިކަމާއި ދެކޮޅަށް ”ހަނގުރާމައަކީ ހައްލެއް ނޫން“ ކަމަށް ލިޔެފައިވާ ބެނާތަކާއި އެކު ޔޫކްރެއިންގެ ރައްޔިތުން ވަނީ ރަޝިޔާއާއި ދެކޮޅަށް ހިނގާލުމެއްވެސް ބާއްވާފައެވެ.

މި ދަނޑިވަޅުގައި ރަޝިއާއިންވެސް ބުނެފައިވަނީ އެއްވެސް ހަނގުރާމައެއް ކުރަން ބޭނުން ނޫން ކަމަށެވެ. ނަމަވެސް މަސްލަހަތު ދިފާއު ކުރާނެ ކަމަށް ބުންޏެވެ. މި ކަމާއި ގުޅިގެން އެމެރިކާ އާއި ރަޝިޔާއާއި ދެމެދުގައިވެސް ވަނީ ބައްދަލުވުމެއް ބާއްވަފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: