ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރަފުށި މަގު ހެދުމުގެ 74 އިންސައްތަ ނިމިފައި

ހޯރަފުށި މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫގެ 74 އިންސައްތަ ނިމިފައިވާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ ހޯރަފުށީގެ މި މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތެވެ. މި މަޝްރޫގެ ދަށުން 5.3 ކިލޯމީޓަރުގެ 11 މަގެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 25.909 އަކަ މީޓަރުގެ ދުވާ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާކަންވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން 11،114 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމެއް ޤާއިމް ކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމަށް ހަމަޖެހިފައިވާކަން އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: