ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގްސް ވިޔަފާރި ކުރާތީ ހުއްޓުވުމުން، ރޯކޮށްލީ މައްސަލަ ބެލި ފުލުސް އޮފިސަރު ސައިކަލުގައި!

ނ.މިލަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި އަލިފާން ރޯކޮށްލުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މިިލަދޫގައި ރޭ ފުލުހެއްގެ ސައިކަލްގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގުމަށް މެދުވެރިވެފައިވަނީ މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ފުލުހުން ހުއްޓުމާއި ގުޅިގެން އިންޒާރުދިނުމަށް ފަހު ފުލުސްމީހާގެ ސައިކަލުގައި ރޯކޮށްލީކަމަށެވެ.

މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އިން މައުލޫމާތުދީފައިވެއެވެ.

މަސްތުވާތަކެތީގެ އެކި މައްސަލަތައް މާލެއާއި އަތޮޅުތެރޭގައި ދޭތެރެ ދޭތެރެއިން އަންނަނީ ރިޕޯޓް ކުރެވި ބެލެމުންކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން މަސްތުވާ ތަކެތީގެ މައްސަލައަކީ މުޅި މުޖުތަމައުގައިވެސް ހައްލު ކުރުމަށް ދަތި މައްސަލައެއްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: