ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުސް އޮފިސަރުގެ ސައިކަލުގައި ރޯކޮށްލި މީހުން ހައްޔަރުކޮށްފި

ނ.މިލަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި އަލިފާން ރޯކޮށްލުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވި ފުލުސް އޮފިސަރުގެ ސައިކަލުގައި ރޯކޮށްލި މީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ 22 އަހަރާއި 27 އަހަރުގެ އިތުރުން 31 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ރޭ ކޯޓު އަމުރެއްގެ ދަށުން މި ތިންމީހުން ހައްޔަރުކުރެވިފައިވާ ކަމުގައެވެ.

މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ފުލުހަކު ހުއްޓުވުމާ ގުޅިގެން މިލަދޫ ޕޮލިސް ޑެސްކް އިންޗާޖް އަށް އިންޒާރުދީ ރޭގަނޑުގެ ދަންވަރު އޭނާ ދިރިއުޅޭ ގެއަށް ވަދެ ސައިކަލުގައި ވަނީ ރޯކޮށްލާފައެވެ.

ސައިކަލުގައި ރޯކޮށްލާ މަންޒަރުފެންނަ ސީސީޓީވީ ފުޓޭޖް ވީޑިއޯ ވެސް ދަނީ ޝޯސަލް މީޑިއާގައި ދައުރުވަމުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލް މައްޗަށް ޕެެޓްރޯލްއެޅުމަށް ފަހު ސައިކަލު މަޑީގައި ރޯކޮށްލާ މަންޒަރު ފެނިގެން ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: