ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް ދަތުރުތަކަށް 10 މިލިޔަން ރުފިޔާ

ރައީސް ސޯލިހާއި ފަސްޓްލޭޑީ ފަޒްނާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ސަރުކާރުން ކޮށްފައިވާ ދަތުރުތަކަށް ދިހަ މިލިޔަން ރުފިޔާ ހަރަދުކޮށްފިއެވެ.

ފިޏޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލައިލާއިރު މިއަހަރުގެ މިހާތަނަށް ޖުމްލަ 10.7 މިލިޔަން ރުފިޔާ ހަމައެކަނި ސަރުކާރުގެ ދަތުރުތަކަށް ވަނީ ހަރަދުކޮށްފައެވެ. ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ ދިހަވަނަ ދުވަހާއި ހަމައަށް ސަރުކާރުގެ ދަތުރުތަކަށް 10.7 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ތިން މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭގައި ސަރުކާރުގެ ދަތުރުތަކަށް 7.7 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ސަރުކާރުން ކުރާ ދަތުރަތައް ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދަތުރުތައް ނިސްބަތުން އަންނަނީ ކޮންމެ އަހަރަކު އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ދެއަހަރުގެ ތެރޭގައިވެސް ދަތުރުތަކަށް ކޮށްފައިވާ އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

2020 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ދަތުރުތަކަށް 128.6 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ހުސްވި އަހަރު ދަތުރުތަކަށް 158.4 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ދައުލަތުގެ ދަރަނި ނިސްބަތުން މިއަހަރު ވަރަށް ބޮޑުތަނުން އިތުރުވާނެކަމަށް ބެލެވޭއިރު މިއަހަރުގެ މިހާތަނަށްވެސް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ދައުލަތުން ކުރި ހަރަދު އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: