ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް ކެފޭ ތަކުން އާންމުކޮށް ހިދުމަތް ހޯދާ މީހުންގެ ތެރޭގައި 1118 ދިވެހިން

މަސްތުވާތަކެތި އަތުލައިގަންނަމުންދާ މިންވަރު ވަނީ އިތުރުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ޑްރަގް ކެފޭތައް ހަދައިގެން އެތަންތަނުން ހިދުމަތް ހޯދާ 1118 ދިވެހިން ހިމެނޭ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ފާއިތުވެދިޔަ 3 އަހަރު ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމެންޓްގެ ހެޑް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ޑްރަގް ކެފޭތައް ހަދައިގެން އެތަންތަނުން ޖުމްލަކޮށް 1118 ދިވެހިން ހިދުމަތް ހޯދަމުންދާ ކަމަށެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭކަމަށް ވިދާޅުވިއެވެ. ޑްރަގް ކެފޭ ތަކުން ހިދުމަތް ހޯދާ މީހުންގެ ތެރެއިން 217 މީހުންނަކީ މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ކޯޓުން އަމުރުކޮށްފައިވާ މީހުންކަންވެސް ޝާކިރު ފާހަގަކުރެއްވިއެވެ.

ދިވެހި ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެވާ ގައުމުތަކުގެ ތެރޭގައި ބްރެޒިލް، ބަންގްލަދޭޝް އަދި އިންޑިއާގެ އިތުރުން އިރާން ހިމެނޭ ކަމުގައިވެސް ފުލުހުން ބުނެއެވެ. އޭގެތެރޭގައި މަސްތުވުމަށް ބޭނުންކުރެވޭ އެކި ފާޑުފާޑުގެ މާއްދާތައް ހިމެނޭއިރު ކޮވިޑް 19 އާއި ގުޅިގެން މަސްތުވާތަކެތީގެ މާކެޓްގައި މެތުގެ ބާވަތްތައް އެތެރެކުރުމާއި ބޭނުން ކުރުން ގިނަވެފައިވާ ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ. ހަމައެއާއިއެކު ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކުރަނީ ކަނޑާއި ވައިގެމަގުން ބޭރުގެ ބޮޑެތި ނެޓްވޯކްތަކާއި ގުޅިގެންކަމަށްވެސް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުމުގައި ބިދޭސީންގެ ދައުރު ބޮޑުކަން ފާހަގަކުރެވާއިރު 2015 ވަނަ އަހަރުން 2021 ވަނަ އަހަރުގެ ނިޔަލަށް ޑްރަގް ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި 146 ބިދޭސީ އަކު ހިމެނޭ ކަމުގައި ތަފާސް ހިސާބުތަކުންދައްކައެވެ. ހަމަ އެއާއެކު މި މުއްދަތުގައި ބަނގުރަލުގެ ވިޔަފާރި ކުރުމުގައި ބޭރުގެ 525 މީހަކު ހިމެނިފައިވާ ކަމުގައި ވެސް ފުލުހުންވަނީ ބުނެގައެވެ. މިކަމުގައި އެންމެ ގިނައިން ހިމެނެނީ ބަންގްލަދޭޝްގެ ރަައްޔިތުން ކަމަށާއި އަދި އެމީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުންކަންވެސް ރިޕޯޓްތަކުން ދައްކާ ކަމުގައި ފާހަގަކުރެވިފައިވެއެވެ.

މީގެ އިތުރުން ފާއިތުވެދިޔަ ތިން އަހަރު މިހާތަނަށް 1.8 ޓަނުގެ މަސްތުވާތަކެތި ޕީޖީގެ ލަފާގެ ދަށުން ފުލުހުން ނައްތާލާފައިވާއިރު ތަފާތު އެކި މައްސަލަތަކާއި ގުޅިގެން ޕީޖީގެ އަމުރާއި އެކު 176.6 ކިލޯގެ މަސްތުވާތަކެތި ނައްތާނުލެވި ހުރިކަންވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގައި 2018 ވަނަ އަހަރު ޓާސްކްފޯސްއެއް އެކުލަވާލެވި އެޓާސްކްފޯސްގެ މަޝްވަރާގެ ދަށުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމުގައިވެސް ފުލުހުން ބުނެއެވެ. މިޓާސްކްފޯހުގައި ހިމެނެނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އައްޔަން ކުރައްވާ ފުލުހުންގެ އޮފިސަރަކާއި، ނޭޝަނަލް ޑްރަގް އޭޖެންސީ އިން ކަނޑައަލާ މެމްބަރަކާއި، ޕީޖީ އޮފީހުން ކަނޑަޅާ މެމްބަރަކާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކަނޑައަޅާ އޮފިސަރެއްގެ އިތުރުން މަދަނީ ޖަމުއިއްޔާތަކުގެ ފަރާތުން ކަނޑައަޅާ މެމްބަރެކެވެ.

ފާއިތުވެދިޔަ 3 އަހަރު މިހާތަނަށް 1390.53 ކިލޯގެ މަސްތުވާތަކެތި އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައެވެ. މީގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތްތައް ކަމުގައި ހިމެނޭ ކޮކެއިންއާއި ކެނަބިސްގެ އިތުރުން މޯފިން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: