ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްވަރާކޮށް ޔުކްރޭންގެ މައްސަލަ ހައްލުކުރަން ޝާހިދު ގޮވާލައިފި

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޯޕަނިންގ ސްޓޭޓްމަންޓް ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްވަރާކޮށްގެން ޔުކްރޭންގެ މައްސަލަ ހައްލުކުރަން ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ރަޝިޔާ – ޔޫކްރެއިން ހަމަނުޖެހުމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގެ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ‎އ.ދ.ގެ ޗާޓަރުގެ ފުރަތަމަ އިބާރާތުގައި ވަނީ، “ހަނގުރާމައިގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުން” ކަމަށްވާއިރު އެއިބާރާތަކީ އ.ދ އުފެއްދުމުގެ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

ޝާހިދު ވިދާޅުވީ އދ. ގެ 76 އަހަރުވީ މާޒީއިން ވެސް ލިބުނު ފިލާވަޅަކީ އަސްކަރީ މުއާމަލާތްތަކުން ނުވަތަ ހަނގުރާމައަކުން ދާއިމީ ސުލްހައެއް ނުލިބޭނެކަން ކަމަށެވެ. އަދި އޭގެ ބަދަލުގައި ދާއިމީ ހައްލެއް ލިބޭނި ސިޔާސީ ހައްލަކުން ކަމަށެވެ.

‎ޝާހިދު ވިދާޅުވީ އދ.ގެ ޗާޓަރުގެ ފުރަތަމަ މާއްދާގައި، އދ.ގެ މެންޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ސުލްހަ މަސަލަސްކަން ނަގާލެވިދާނެ ފަދަ ދެބަސްވުންތައް ނުވަތަ ހާލަތްތައް ސުލްހަވެރި މަގުން އަދި ޢަދުލު އިންސާފާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، އޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލުކުރުންކަމަށެވެ.

“އިންސާނުން ތަހައްމަލް ކުރަންޖެހޭ އަނިޔާއާއި ވޭން ކުޑަކުރުމަށާއި، ހަނގުރާމައިން ލިބިގެންދާ އިގްތިޞާދީ ނިކަމެތިކަމާއި، އަދި ހަނގުރާމައަށް ފަހު، އިޤުތިޞާދު ރުޖޫޢަކުރުމަށް އަދާކުރަންޖެހޭ ޚަރަދާއި އެތަކުލީފުން މިންޖުވެވެން އޮތް އެންމެ އެކަށޭނެ ގޮތަކީ، ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން، އެންމެ ފުރަތަމަވެސް ރައްކާތެރިވެގެން ތިބުން.” ޝާހިދު ވިދާޅުވިއެވެ.

އ.ދ.ގެ ޗާޓަރާއި، އެ ޗާޓަރުގެ މަޤްޞަދުތަކާއި، އެ ޗާޓަރުގެ އުޞޫލުތަކަށް ފުރިހަމައަށް ޢަމަލުކުރުމަކީ، ދާއިމީ ޞުލްޙަ އެއް ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގުމަށް ޝާހިދު ވިދާޅުވިއެވެ. އަދި ހުރިހާ ފަރާތްތަކަށްވެސް ގޮވާލަނީ، މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، މަޝްވަރާތައް މެދުވެރިކޮށް، ހަމަ ނުޖެހުންތައް ކުޑަކުރުމަށް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: