ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޣުނީ ވަކިކޮށް ސްޓެލްކޯގެ އެމްޑީއަކަށް ޝަރީފް!

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން މުޣުނީ ވަކިކޮށް، މަގާމަށް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ އެ މަގާމުން ވަކިކޮށް އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އެ މަގާމަށް އައްޔަން ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ބަދަލާއި އެއްގޮތަށް އެ ބޯޑުން މުޣުނީ ވަކި ކުރިކަން ކުންފުންޏަށް ވަނީ އަންގާފަ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ފަރާތުން ސްޓެލްކޯއަށް ފޮނުވާފައިވާ ސިޓީގައި ވާ ގޮތުން ޝަރީފު މިއަދުން ފެށިގެން މަގާމާއި ހަވާލުވާނެ ކަމުގައެވެ.

ޝަރީފަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ކަން ދޭން އުޅޭ ކަމުގެ އަޑުތަކެއް ސަރުކާރުގެ ތެރޭގައި މީގެ ކުރިންވެސް ފެތުރިފައިވާކަން ފާހަގަކޮށްލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުޣުނީ ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ އެނަޖީ އޮތޯރިޓީގެ ވެރިއަކަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: