ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ އަހަރު އައިކޮމް އަށް 104 މައްސަލަ ހުށައެޅިފައިވޭ!

އިންފޮމޭޝަން ކޮމިޝަނާ އަހުމަދު އާހިދު ރަޝީދު-
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ނިމިދިޔަ އަހަރުތެރޭގައި 104 މައްސަލައެއް ހުށައަޅާފައިވާ ކަމުގައި އެ އޮފީހުން ބުނެފިއެވެ.

އައިކޮމްއިން އާންމުކުރި މައުލޫމާތުގައި ވާގޮތުން 2021 ވަނަ އަހަރު ހުށައެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މައުލޫމާތު ހޯދަން އެދި ޖަވާބު ނުދެވި ވާ 65 މައްސަލަ އަކާއި މުރާޖައާ ކޮމިޓީއިން ޖަވާބު ނުލިބިގެން ހުށައަޅާފައިވާ 12 މައްސަލައަކާއި ދިން ޖަވާބާއި މެދު ހިތްހަމަ ނުޖެހިގެން އަނބުރާ ކޮމިޝަނަށް ހުށައެޅުނު 15 މައްސަލައިގެ އިތުރުން ކޮމިޝަންގައި ރަޖިސްޓަރ ކޮށްދީފައި ނުވާ 12 މައްސަލައެކެވެ.

މީގެ އިތުރުން 2020 ވަނަ އަހަރާއި އަޅާ ބަލާއިރު ކޮމިޝަނަށް ހުށައެޅުނު މައްސަލަތަކުގެ ނިސްބަތް ވަނީ 152 އިންސައްތަ އިތުރުވެފައި ކަމުގައިވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. ހަމަ އެއާއެކު ނިމިދިޔަ އަހަރު ވެފައި ވަނީ ކޮމިޝަނަށް އެންމެ ގިނަ މައްސަލަ ހުށައެޅުނު އަހަރަށްކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ދައުލަތުގެ އިދާރާތަކުގެ ތެރެއިން 2021 ވަނަ އަހަރު ނިންމިފައިވާ މައްސަލަތައް ރައްދުވާ އިދާރާތަކުގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި މިނިސްޓްރީތަކަށް ރައްދުވާ 35 މައްސަލަ ހިމެނޭ އިރު، ދައުލަތުގެ ކުންފުނިތަކަށް ރައްދުވާ 12 މައްސަލަ އަކާއި ކައުންސިލްތަކަށް ރައްދުވާ 10 މައްސަލަ އާއި މިނިވަން މުއައްސަސާތަކަށް ރައްދުވާ 5 މައްސަލަ އާއި ތައުލީމީ ދާއިރާގެ އިދާރާތަކަށް ރައްދުވާ 3 މައްސަލަ އާއި ސިޔާސީ ޕާޓީތަކަށް ރައްދުވާ 2 މައްސަލަ، ކޯޓުތަކަށް ރައްދުވާ 1 މައްސަލަ، ޖަމުއްޔާތަކަށް ރައްދުވާ 1 މައްސަލަ އަދި އެހެނިހެން އިދާރާތަކުގެ ބައިން ހުށަހެޅުނު 4 މައްސަލަ ހިމެނޭ ކަމުގައި އައިކޮމް އޮފީހުން ހާމަކޮށްފައެވެ.

އައިކޮމް އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުގެ މައުލޫމާތު އާންމު ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: