ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފާ އާއި، ކައުންސިލްގެ މުވައްޒަފުންގެ މުސާރަ ހާމަކުރަން ހަތް ދުވަހުގެ މުއްދަތެއް!

މޭޔަރު ސިފާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ މޭޔަރު ސިފާ މުހައްމަދާއި، ކައުންސިލްގެ މުވައްޒަފުންގެ މުސާރަ ހަތް ދުވަހުގެ ތެރޭގައި އާންމުކުރުމަށް އިންފޮމޭޝަން ކޮމިޝަން އޮފީީހުން ކައުންސިލަށް އަންގައިފިއެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ ހާމަކުރުމަށް އަމިއްލަ ފަރާތަކުން ވަނީ ސިޓީ ކައުންސިލްގައި އެދިފައެވެ. އެހެންނަމަވެސް، ސިޓީ ކައުންސިލުން އެމައުލޫމާތު އަހަރީ ރިޕޯޓު އާންމުކުރާއިރު އާންމުކުރާނެ ކަމަށްބުނެ، އެމައުލޫމާތު މިހާތަނަށް އަދި އާންމުކޮށްފައެއް ނުވެއެވެ.

ގާނޫނު ބުނާގޮތުންނަމަ، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަކީ އަމިއްލަ އިސްނެގުމުގެ މަތިން އާންމުކޮށްފައި ހުންނަންޖެހޭ މައުލޫމާތެެކެވެ. އެހެން ނަމަވެސް، ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާންމުކޮށްފައެއް ނުވެއެވެ. އިއްޔެ ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރ ހުސެއިން ފިޔާޒް މޫސާ ވެސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. އަދި އަހަރީ ރިޕޯޓު އާންމު ކުރެވެންދެން، އެ މައުލޫމާތު ހިފެހެއްޓުމަކީ ހުއްޖަތެއް ނޫންކަމުގައި ފިޔާޒު ފާހަގަކުރެއްވިއެވެ.

“ސިޓީ ކައުންސިލް ވުޖޫދުވިތާ އެތައް އަހަރެއްވެއްޖެ. މިގާނޫނު ވުޖޫދުވެފައި ވަނީ 2006 ވަނަ އަހަރު. މިއީ އަމިއްލަ އިސްނެގުމުަގެ މަތިން އާންމުކުރަންޖެހޭ އެއްޗެއް. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާދޭސް ދަންނަވައިގެން އާންމުކުރަންޖެހޭ އެއްޗެއް ނޫން މިއީ. އެހެންނަމަވެސް އެކަންވެސް ކޮށްފިން. 2020 ވަނަ ހުރިހާ މުއައްސަސާއަކަށް އާންމު ސިޓީއެއް ފޮނުވިން ގާނޫނުގެ ދަށުން، ދައުލަތުގެ އެއްވެސް އިދާރާއަކަށް ގާނޫނުގައި ފާހަގަކޮށްފައިވާކަމެއް ނުކުރުމަށް ހުއްޖަތެއް ނޯންނާނެ” ފިޔާޒް

ފިޔާޒު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި، ސިޓީ ކައުންސިލުން ބުނީ އެއްވެސް ހާލެއްގައި އެދިފައިވާ މައުލޫމާތު ހާމަކުރުމަށް ދެކޮޅު ނުހަދާ ކަމަށެވެ. އަދި ވަކި ދުވަހެއް ކުރިން މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް އަންގާފައި އޮތީ ކޮން ގާނޫނެއްގައިތޯ ސުވާލު ކުރިއެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލުން ވަނީ މުސާރަ ހާމަކުރަން ޖެހެނީ ހަމައެކަނި ސިޓީ ކައުންސިލުންތޯ ސުވާލުކުރައްވާފައެވެ. އަދި ދައުލަތުގެ އެހެން މުއައްސަސާތަކުން މުސަރައާއި އިނާޔަތްތަކުގެ މައުލޫމާތު ހާމަކުރުމަށް އައިކޮމްއިން ނޫޅުއްވަނީ ކީއްވެތޯ އެނާ ސުވާލު ކުރެއެވެ.

“މިކަން މިއީ އަމިއްލަ އިސްނެގުމަށް ކުރަންޖެހޭ ކަމެއްކަމަށް ގާނޫނުގައި އޮތީ. އެއްވެސް ހާލެއްގައި ވަކި ފަރުދަކު ހާމަކުރުމަށް އެދިގެން މިމައުލޫމާތު ހާމަކުރަންޖެހޭނެ ކަމަކަށް ނެތް. ވަކި ފަރުދަކު އެދިގެން އެފަރުދަކަށް ކޮންމެ ކޮންމެ މައުލޫމާތެއް ދޭންޖެހޭނެކަމަށް ނެތް” ސިޓީ ކައުންސިލް

މޭޔަރުގެ އިތުރުން ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ ހޯދުމަށް އަމިއްލަ ފަރުދަކު ހުށައެޅުމުން، އެމައުލޫމާތު ދިނުމަށް ދެކޮޅު ހަދައި ސިޓީ ކައުންސިލުން ވަނީ ފަހުން ވެބްސައިޓުގައި އެމައުލޫމާތު އާންމުކުރާނެކަމަށް ބުނެފައެވެ. އެހެން ނަމަވެސް، ވެބްސައިޓުގައި އެމައުލޫމާތު އާންމުނުކުރުމުން އެމައްސަލަ އިންފޮމޭޝާން ކޮމިޝަންގެ އޮފީހުގައިވަނީ އިސްތިއުނާފް ކޮށްފައެވެ. އަދި އެމައުލޫމާތު ހަތް ދުވަސް ތެރޭ އާންމުކުރުމަށް ވަނީ އަންގާފައެވެ. އެއީ ދޭން ޖެހޭނެ މައުލޫމާތުތަކެއްކަމަށް ގަބޫލު ނުކުރައްވާކަމަށް ސިޓީ ކައުންސިލުން އަޑުއެހުމުގައި ތަކުރާރުކޮށްވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: