ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާ އަށް ދާ މީހުންނަށް ފަސޭހައިން ޕާސްޕޯޓަށް ހުށަހެޅޭ ގޮތް ހަމަޖައްސައިފި

އެއަރޕޯޓްގައި ހުރި އިމިގްރޭޝަންގެ ކައުންޓަރުން ހިދުމަތްދެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ރަމަޟާން މަހު އުމްރާއަށް ދާ އުމްރާވެރިންގެ ތެރެއިން ޕާސްޕޯޓް ހައްދަން ބޭނުންވާ މީހުންނަށް ފަސޭހައިން އެކަން ކުރެވޭނެ އިންތިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިދީފިއެވެ.

އިމިގްރޭޝަންގެ  އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ ރޯދަ މަހު އުމްރާއަށް ދިއުމަށް ގިނަ ބަޔަކު ދަނީ ޕާސްޕޯޓު ހަދަން ހުށަހަޅަމުންނެވެ. އެހެންވެ، އެ މީހުންނަށް ފަސޭހަކޮށްދިނުމަށް ރޯދަ މަސް ނިމެންދެން ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

އުމްރާއަށް ދާ މީހުން، ޕާސްޕޯޓަށް އެދޭ ފޯމު ހުށަހެޅުމަށް ފަހު، ރަސްމީ މަސައްކަތު ގަޑީގައި އެ ކަމަށް ހާއްސަކޮށްފައިވާ ނަމްބަރު، 9199165 އަށް ގުޅުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޕާސްޕޯޓަށް ހުށަހެޅުމުން މީގެ ކުރިން ދެތިން ދުވަސްތެރޭގައި ޕާސްޕޯޓު ލިބެއެވެ.

ނަމަވެސް ކޮވިޑާއި ގުޅިގެން ޕާސްޕޯޓްގެ ހިދުމަތްތައް އޮންލައިން ކުރުމާއި ގުޅިގެން ޕާސްޕޯޓް ލިބުމުގައި ލަސްތަކެއް ވާކަމު ޝަކުވާ އާންމު ފަރާތްތަކުން ދިޔައީ ކުރަމުންނެވެ.

ވީމާ މި ރަމަޟާން މަހު އުމްރާ އަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފަސޭހަކަމާއެކު ޕާސްޕޯޓް ހެއްދުމާއި އައުކުރުމުގެ ހިދުމަތް ދިނުމަށް އިމިގްރޭޝަންގެ ފަރާތުން ހަމަޖައްސައިދީފައި މިވާ ފުރުސަތުގެ ސަބަބުން އުމްރާއަށް ފުރާ މީހުންނަށް ލުއިފަސޭހަ ތަކެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: