ބަރަކާތްތެރި ރަމަޟާން މަހާއި އެކު މަހުގެ އަގު މާލޭ މަސްމާރުކޭޓުގައި އުފުލިއްޖެއެވެ.
ނިމިދިޔަ މަހު ވެސް މަހުގެ އަގު ދިޔައީ ބޮޑުވަމުންނެވެ. ނަމަވެސް މިއަދު ކުއްލިއަކަށް މަސް ވިއްކާ އަގަށް ވަނީ ހީނުކުރާ ވަރުގެ ބަދަލުތަކެއް އައިސްފައެވެ.
އެގޮތުން ރޯ މަސް ކިލޯ އެއް މިއަދު މާރުކޭޓުން ގަންނަން ލިބެން ހުރީ 80 ރުފިޔާ އަށެެވެ. އެވްރެޖްކޮށް ރޯ މަސް ކިލޯ އެއް މީގެ ކުރީގައި ސާޅީސް ފަސް ރުފިޔާ އާއި ފަންސާސް ރުފިޔާ އާ ދެމެދު އައީ ލިބެމުންނެވެ.
ކަޅުބިލަ މަސް މީގެ ކުރީގައި ވިއްކާފައިވަނީ ފަންސަވީސް ރުފިޔާ އާއި ފަނަރަ ރުފިޔާ އަށް ނަމަވެސް މިއަދު އޭގެ އަގު އުޅެނީ ސާޅީސް ރުފިޔާއިން މަތީގައިކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ފަރުމަހާއި ކަންނެލި ފަދަ މަސްތަކުގެ އަގަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މަހުގެ އަގު ބޮޑުވި ނަމަވެސް މަސް މާރުކޭޓުގައި ހުރިހާ ބާވަތެެއްގެ މަސްވެސް ފަސޭހަ ކަމާއެކު ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ރޯދަ މަހާއި ދިމާކޮށް މަހުގެ އިތުރުން ކާބޯ ތަކެތީގެ ބައެއް ބާވަތް ތަކުގެ އަގު އުފުލިފައިވެއެވެ. އެގޮތުން ބާޒާރުގައި ލުނބޯ ކިލޯ އެއްގެ އަގު ހުރީ ސަތޭކަރުފިޔާ އަށް ވުރެން މަތީގައެވެ. އަދި ފިޔާ ކިލޯ އެއްގެ އަގު އުޅެނީ އަށްޑިހަ ރުފިޔާ އަށް ވުރެން މަތީގައެވެ.

