ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގު ޕްލޭނެއް ވާނީ އެކުލަވާލާފައި: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރުމުގައި ކުރިއަށް ދާނެ ގޮތުގެ ޕްލޭން އެއް ވަނީ އެކުލަވާލެވިފައިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ޝާމިލް އާދަމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު އުފެދި އެކުލަވާލި އޭސީސީގައި ތިއްބެވި މެމްބަރުންނަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމަށް ބުނެ އެ މެމްބަރުން ވަކި ކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެއަށް ފަހު ގާނޫނީ ހުސްކަމެއްގައި ކޮމިޝަން ގިނަ ދުވަހު ބޭއްވުމަށް ފަހު އަލަށް އައްޔަނު ކުރި މެމްބަރުންގެ ވެސް ބޮލުގައި އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގެވެ.

އޭސީސީން މިދިޔަ ހަފްތާގައި ނޫސްވެރިންނާއި ވެސް ބައްދަލުކޮށް ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ ތަފްސީލު ދެއްވާފައި ވަނިކޮށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ އެމްއެމްޕީއާރުސީގެ މައްސަލައަށް އިސްކަން ދީގެން ކުރިޔަށް ދިއުމަށް އެދިފަ އެވެ. އަދި މެމްބަރުން ވަނީ ކުރީގެ މެމްބަރުން ވަކި ކުރަން ޖެހުނު ސަބަބު ފާހަގަކޮށް، އާ މެމްބަރުން ވެސް އެކަން ތަކުރާރު ކުރާނަމަ ކުރިޔަށް ވުރެ އަވަހަށް ވަކި ކުރާނެކަމަށް ވިދާޅުވެފަ އެވެ.

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޝާމިލް ވިދާޅުވީ، މަސައްކަތަށް ނިކުތުމަށް ފަހު އެންމެ ފުރަތަމަ ވެސް ބެއްލެވީ ކޮމިޝަނުގެ ކަންކަން ހުރި ހިސާބު ދެނެގަތުން ކަމަށެވެ. އޭގެ ތެރޭގައި ކޮމިޝަން ހިނގަމުން އައި ގޮތާއި، ކޮމިޝަނަށް ދިމާވެފައިވާ ދަތިތައް އަދި އިސްލާހު ކުރަން ޖެހޭ ބައިތައް ކޮބައިތޯ ދެނެގަނެވިފައި ވާނެކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް އޭސީސީގައި މައްސަލަތައް ފުނިޖެހިފައި ހުރުމުގެ ސަބަބުން، ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާ ކުރިކަމަށް ޝާމިލް ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވީ ހޯދުނު މައުލޫމާތުތަކުގެ އަލީގައި އެކަންކަން ހައްލު ކުރުމަށް ކޮމިޝަނުން ކުރު ރާސްތާ މުއްދަތެއް ކަނޑައަޅާފައިވާ ކަމަށެވެ. ރައްޔިތުން އެދޭ ފަދަ މަސައްކަތްތަކެއް ކުރުމަށް މައިގަނޑު ހަ ދާއިރާއަކުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރެވި ކޮމިޝަނަކީ އަބަދު ހިނގަ ހިނގައި އޮންނަން ޖެހޭ ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ރޭވިފައިވާކަން ޝާމިލް ފާހަގަ ކުރެއްވި އެވެ.

އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި މެމްބަރުންނާއި ޝާމިލް ހިއްސާ ކުރެވީ އިންވެސްޓިގޭޝަން އޮފިސަރުންނަށް ލިބެން ޖެހޭ ހުއްދަ އާއި އިރުޝާދުތައް ނިލިބުމެވެ. އަދި ބައެއް އުސޫލުތަކަކީ ޒަމާނުއްސުރެން އެއްވެސް ބަދަލެއް ނައިސް ހުރި އުސޫލުތަކެއް ކަމުން އާ އެއްވެސް ގޮތެއް އަމަލު ކުރުމަށް އެކުލަވާލެވިފައި ނެތްކަމަށް ޝާމިލް ވިދާޅުވި އެވެ.

އޭސީސީގައި ގިނަ ދުވަސް ވީ މެމްބަރުން ތިބި ނަމަވެސް، އެ މެމްބަރުންނަށް ލިބެން ޖެހޭ ބައެއް ތަމްރީނާއި އިރުޝާދުތައް ނުލިބޭތީ ބައެއް އޮފިސަރުން މަގާމުން ވަކި ވެ ގުޅުން ހުރި އެހެން މުވައްސަސާތަކާއި ގުޅޭކަމަށް ޝާމިލް ވަނީ ވިދާޅުވެފަ އެވެ.

ޝާމިލް ވިދާޅުވީ އޭސީސީ އޮތީ އެ އިންސްޓިޓިއުޝަންގައި ތިބޭ ހުރިހާ  ގިނަ ދުވަސްވީ މުވައްޒަފުން އެއްފަހަރާ ތަނުން ވަކިވާ ކަހަލަ ހާލަތެއް މެދުވެރިވެދާނެ ކަމަށާއި ނަމަވެސް އެކަމަކީ މުސްތަހިއްލު ނޫން ކަމެއް ކަމަށެވެ. އެފަދަ ހާލަތެއް އައިސްގެން އިންސްޓިޓިއުޝަނަލް މެމޮރީ ގެއްލި ކޮމިޝަން ހިންގުން ހުއްޓޭނެ ވަރުގައި ކަމަށެވެ. އަދި ކޮމިޝަނުން   މުވައްޒަފުންތަކެއް ކެނޑިގެން ދިޔަޔަސް ކޮމިޝަންގެ ގޮތުގައި ތަން ހިންގަން ވާނެ ކަން ދޭހަކޮށްދޭ ފަދަ ލިއުމެއް ނެތްކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމީލް ވިދާޅުވީ ތަން ހިނގުމަށް ޓަކައި ސަރުކާރުން އުންމީދުކުރާ ގޮތަށް ތަން ހިންގުމުގައި ބޭނުންވާނީ ކޮން ކަންތައް ތަކެއްތޯ އަންނަނީ ބަލަމުން ކަމަށާއި އެކަން ކަން ބައްޓަން ކުރެވިގެން ދާނީ މެމްބަރުން އަބަދު ތަން ހިންގުމުގައި އުޅެން ނުޖެހިވޭތޯ ބަލާނެ ކަމުގައި ޝަމީލް ވިދާޅުވިއެވެ. ސަބަބަކީ އޭސީސީގެ މެމްބަރުންނާއި ގާނޫނުން މަތިކުރާ މަސައްކަތް ތައް ކުރުމުގައި ވަގުތު ހުސްކޮށް އެމަސައްކަތް ކުރުމުގައި މެމްބަރުންގެ ވަގުތު ހުސްކޮށްގެން އުޅޭނެ ގޮތަށް ތަން ބައްޓަން ކުރުމަށް ބޭނުންވާނެ ކަންކަން އެކަށަ އަޅަމުން ދާ ކަމުގައި ޝާމިލް ވިދާޅުވިއެވެ،

ޝާމިލް އިތުރަށް ވިދާޅުވީ ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި އޭސީސީގެ ފަރާތުން ބައްދަލުކޮށް އެދެ މުއައްސަސާއާއި އޭސީސީ އެކުލެވޭހެން އެކުގައި މަސައްކަތް ކުރާނެ ގޮތެއް ވަނީ ހޯދިފައިކަމަށެވެ. އެގޮތުން ތަހުގީގު ކުރުމުގައި ޕްރޮސެކިއުޝަން އާއި ފުލުހުންނާއި އެކު ތަހުގީގު ކުރިއަށް ގެންދެވޭނީ ކިހިނެތްތޯ މަޝްވަރާ ކުރެވި އެކަމުގައި ކުރިއަށް ދާނެ މަގެއް ފެނިފައިވާ ކަމުގައި ޝާމިލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝާމިލް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ އާއި ގުޅުން ޖޮއިންޓް އިންވެސްޓިގޭޝަންގެ މައި ހުރިހާ އިދާރާ ތަކާއި އެއްކޮށް ބައްދަލު ކުރެވިއްޖެ ކަމަށާއި އެމައްސަލައިގައި ކުރިއަށް ދާނެ ޕްލޭންއެއް އެކުލަވާލުމާއި މިހާރު އޮތް އެމްއޯޔޫ ރިވައިޒް ކޮށް އަލުން މަސައްކަތްތައް ކުރާނެ ގޮތަކާއި މެދު އެއްބަސްވެވިފައި ކަމަށެވެ.

މިވަގުތު އޭސީސީއިން ކުރަމުންގެންދާ މަސައްކަތަކީ އެސެޓް ރިކަވަރީ ކޮމިޝަން އުވާލުން ކަމުގައި ޝާމިލް ވިދާޅުވިއެވެ.

އަދި އެސެޓް ރިކަވަރީ ކޮމިޝަން ގައި ހުރި ހުރިހާ ވަސީލަތްތަކާއި އެތަނުގައި ހުރި އެވިޑެންސް ތަކާއި އެހެނިހެން ތަކެތި ޓްރާސްފަރ ކުރާނެ ގޮތެއް ހޯދުމަށް ރައީސް އޮފީހާއި އެކު ފުރަތަމަ ބައްދަލުވުން ބޭއްވިފައިވާ ކަމަށް ޝާމިލް ވިދާޅުވިއެވެ.  އަދި އެތަކެތި ޓްރާންސްފާ ކުރުމަށް ރައީސް އޮފީހާއި އެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޖިނާއީ އަދުލުގެ ތެރޭގައި ކަންކަން ކުރިއަށް ގެންގޮސް ތަހުގީގު ތައް އަވަސް ކުރުމަށް  ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް ޖޮއިންޓް އިންވެސްޓިގޭޝަން ލެވެލްގައި ފާހަގަކުރެވިފައިވާ ކަމަށާއި އެކަންތައްތައް ރަނގަޅު ކުރުމަށް ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމުގައި ޝާމިލް ވިދާޅުވިއެވެ.

ޝަމީލް ވިދާޅުވީ އޭސީސީގައި ހުރި މައިގަނޑު ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ގާނޫނީ ގޮތުން ކުދިކުދި ބަދަލުތައް ގެނެވޭނެ ދިމަދިމާލުން އެބަދަލު ގެނައުމުގެ މަސައްކަތުގައި އެޓަރނީ ޖެނެރަލްގެ އޮފީހާއި އެކު  މަސައްކަތް ކުރުމުގެ ޕްލޭން އެއް އޮތް ކަމުގައެވެ.

ޝާމިލް ވިދާޅުވީ ދައުލަތުގެ ކުށުން ގެއްލިދާ ފައިސާ އަނބުރާ ހޯދުމާއި ގުޅޭގޮތުން ޕީޖީ އާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ފިނޭންސް އާއި ގުޅުން ހުރި އެހެން މުވައްސަސާތަކާއި އެކު  އޮޑިޓަރ ޖެނެރަލް ހިމަނައިގެން އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް ހާއްސަ ސަމާލުކަމަކާ އެކު ކުރެވެމުން ދާ ކަމަށެވެ.

އޭސީސީގެ ތެރެއިން ފުރަތަމަ އެންމެ ފުރަތަމަ ކުރިކަމަކީ އެސެޓް ރިކަވަރީ  ދިވެހި ރާއްޖޭގެ ނިޒާމުގައި އޮތް ގޮތް ދެނެގަތުމަށް ފަހުގައި ކުރިއަށް އޮތް މަދު ހަފްތާ ކޮޅެއްގެ ތެރޭގައި ރިސާޗް ނިންމައި އެ ރިސާޗުގެ އަލީގައި ދިވެހި ރާއްޖޭގެ އެސެޓް ރިކަވަރީގެ ނިޒާމަށް ބަދަލު ގެންނަން ޖެހެނީ ކިހިނެތް ތޯ ދެނެގަނެ ގާނޫނު ތަކަށް ގެންނަން ޖެހޭ އިސްލާހުތައް ހޯދައި އިތުރު ގާނޫނު ތައް އެކަމަށް ހަދަންޖެހޭތޯ ބަލައި އުސޫލެއް ހަދަން ޖެހޭ ނަމަ އެކަން ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާ ކަމުގައި ޝާމިލް ވިދާޅުވިއެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: