ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އޭޖީން ރައީސް އޮފީހަށް ތިން ބިލެއް!

ބަނޑާރަ ނައިބު އިބްރާހިމް ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަހަން ތިން ބިލެއް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މަޖިލީހަށް ފޮނުވުމަށްޓަކައި ހުށައަޅާފައި ވަނީ ކުނި މެނޭޖްކުރުމާއި ގުޅޭ ބިލާއި ދައުލަތުގެ މާލިއްޔާތުގެ ގާނޫނު އިސްލާހު ކުރަމަށް ހުށައަޅާ ބިިލު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލު ކަމަށެވެ.

އޭޖީ އޮފީހުން މިއަހަރުގެ ފުރަތަމަ ދައުރުގައި 36 ބިލެއް މަޖިލީހަށް ފޮނުވާނެކަމަށް ވަނީ ބުނެފައިއެވެ. މި ބިލުތަކުގެ ތެރޭގައި ޖިނާއީ ކުށްތައް ބެލުމާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ގިނަ ބިލުތަކެއް ހުށައަޅައިފާވާ އިރު މި 36 ބިލުގެ ލިސްޓު މަޖިލީހުގެ އިދާރާއަށް ފޮނުވައިފާވާކަން ފާހަގަކުރެވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކޮށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަޖިލީހައް ފޮނުވުމަށްޓަކައި ހުށައަޅާފައިވާ ބިލުގެ ދަށުން މިފަދަ މައްސަލަތަކުގައި ހެކިބަސް ދޭ ފަރާތްތައް ހިމާޔަތް ކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތައް ސާފުކޮށް ކަންޑައެޅުމާއި އެކި ކުށްތަކަށް އިތުރާފްވާ ފަރާތްތަކާއި އެކު ސަރުކާރުން ހަދާ އެއްބަސްވުންތައް ގާއިމު ކުރުމުގައި އަމަލު ކުރަންވީ ގޮތްތައްވެސް ކަނޑައެޅިގެން ދާނެއެވެ.  އަދި މި ނޫނަސް ޖިނާއީ މައްސަލަތަކުގައި އަދުލު އިންސާފު ގާއިމު ކުރުމުގައި ދިމާވެގެންދާ ދަތިތައް މި ބިލުގައި އިސްލާހު ކުރެވިގެންދާނެއެވެ.

މަޖިލީހަށް ފޮނުވުމަށް ހުށައަޅާފައިވާ ބިލުތަކުގެ ތެރޭ ހިމެނޭ ދައުލަތުގެ މާލިއްޔާތުގެ ގާނޫނު އިސްލާހުކުރުމުގެ ބިލަކީ މިހާރު ސަރުކާރުން ދައުލަތުގެ ފައިސާ ގެންގުޅުމުގައި ބޭނުންކުރަމުންދާ އުސޫލުތައް ހަރުދަނާ ކުރުމަށްޓަކައި ބަދަލުތަކެއް ގެނައުމަށް ހުށައަޅާފައިވާ ބިލެކެވެ. މިބިލުގައި ގާނޫނާއި ހިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅުއަޅައި ތަންފީޒު ކުރަމުގައި ގެންގުޅޭ އުސޫލުތައްވެސް ހަރުދަނާކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ހުށައަޅާފައިވަނީ ކުނި މެނޭގް ކުރުމާއި ގުޅުން ހުރި ބިލެކެވެ. މިބިލުގައި ވަނީ ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވުމުގެ ގޮތުން ދެމެހެއްޓެނިވި އުސޫލުތަކެއްގެ މަތިން ކުނި މެނޭޖް ކުރުމަށްޓަކައި ގެންނަންވީ ބަދަލުތަކެވެ.

މަޖިލީހުގެ ކޮންމެ ދައުރެއް ވެސް ފެށުމާއި އެކު އޭޖީން މުހިންމު ބިލްތަކެއްގެ ތަފްސީލު މީޑިއާތަކާއި ހާމަ ކުރެ އެވެ. އަދި އެ ބިލުތައް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައި ދައުރުގެ ތެރޭގައި ކޮމިޓީގެ މަސައްކަތްތައް ނިންމައި ބިލު ތަސްދީގު ކުރެވޭނެކަމަށް ހާމަ ކުރި ނަމަވެސް ބައެއް ދައުރުތައް ނިމިގެން ދަނީ ބިލުތަކުގެ އެއްވެސް މަސައްކަތްތަކެއް ނުކުރެވިކަން ފާހަގަ ކުރެވެ އެވެ. އެގޮތުން އޭޖީން ވަނީ 36 ބިލެއްގެ ލިސްޓު މަޖިލީހުގެ އިދާރާއަށް ފޮނުވާފަ އެވެ.

އޭގެ ތެރޭގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު، ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި ޖިނާއީ އިޖުރާއަތުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އަބުރާއި ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ލިބިދޭ ބިލު ފާހަގަ ކުރެވެ އެވެ.

މިވަގުތު މަޖިލީހުގެ ތަޅުމުގައި ގިނަ ބިލުތަކެއް ހުރުމުގެ ސަބަބަބުން ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމައި، ރިޕޯޓުތައް ތަޅުމަށް ހުށަހަޅަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވެއެވެ.

އާއްމުކޮށް މަޖިލީހުގައި މަސައްކަތްތައް ނެތްކަމަށް ބުނެ މެންދުރު ދަންފަޅީގެ ޖަލްސާތައް ނިންމާލާއިރު، ދައުރު ނިމެން ހަފްތާއަކަށް ވުމާއި އެކު ރޭގަނޑާއި ހަމައަށް ޖަލްސާގެ ވަގުތުތައް ދަންމާލައި ބިލުތައް ފާސް ކުރާކާން ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: