ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ އިސްލާހު ކުރެވޭނީ ސަރުކާރާއި އެއްވަރުގެ ހިންގުންތެރިކަމެއް ގެނެވިގެން: ފައްޔާޒް

ހިންގާލަން ކެމްޕެއިނަށް ފަހު ފައްޔާޒް މާލެ ވަޑައިގެން ބޭއްވި ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންގެ ވިސްނުމާއި ފިކުރު ދައުލަތް ހިންގުމުގެތެރެއަށް އަންނަން ޖެހޭކަމަށް އެމްޑީޕީގެ ޗެއާރ ޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑީޑެޓްއެއްކަމަށްވާ، އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 14 ގައި ބައްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފޯރިގަދަވެ ދެ ކެނޑިޑޭޓުންގެ މެދުގައި ވެސް ބަހުގެ ހަމަލާތައް ދަނީ އަމާޒު ކުރަމުންނެވެ. ވާދަވެރިކަން އުފެދިފައިވާ ޗެއާޕާސަންގެ މަގާމަށް ފައްޔާޒްގެ އިތުރުން ދެން ވާދަ ކުރަައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

އިންތިހާބަށް ބާކީ މަދު ދުވަސްތަކެއް އޮތްއިރު ތާއީދު ހޯދުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ބައްދަލުވުމެއްގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީއާއި އަލަށް ގުޅެމުން އަންނަ މެމްބަރުންގެ ތެރޭގައި ގިނައަދަދަކަށް ޒުވާނުން ހިމެނޭނެކަމަށްވީ އިރު ޒުވާން މެމްބަރުންގެ ތެރޭގައި ޕާޓީއަށް އޮންނަންވާ އަހައްމިއްޔަތުކަން މިއަދު ނެތްކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފައްޔާޒް ވިދާޅުވީ ޕާޓީ ހިންގަން ޖެހޭ ގޮތުގައި ނުހިންގުމެވެ.

އެމްޑީޕީ ހިންގަން ޖެހޭކަން ތަކުރާރުކޮށް ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ޕާޓީ “ހިންގާލަން” ޖެހެނީ ޒުވާނުންނާއި އެކީ ކަމަށެވެ. ފެށިގެން އައި އިރު ތިބި ފަހުލަވާނުން ފަދައިން ކުރީގެ ވެރިކަން ކުރި އުސޫލުތަކުގެ އަނިޔާވެރިކަން ތަޖުރިބާކުރެވިފައި ގިނަ ޒުވާން މެމްބަރުނަށް ނެތްނަމަވެސް އެ މެމްބަރުންގެ ވިސްނުން ތަފާތު ކަމަށެވެ. އަދި އެމްޑީޕީ ކުރިއަށް ދާއިރު ޒުވާނުން ކުރީ ސަފުގައި ތިބެންޖެހޭ ކަމަށާއި ދައުލަތް ހިންގުމަށާއި ސިޔާސަތުތަށް އެކުލަވާލުމުގައި ވެސް ޒުވާނުންގެ ވިސްނުންތަކާއި ފިކުރުތައް މުހިއްމުކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން، ކެމްޕެއިން މަގުސަދުގައި ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ޕާޓީއާއި ސަރުކާރާއިވެސް އޮންނަން ޖެހޭ ގުޅުން ނެތްކަމަށް މެމްބަރުންގެ ޝަކުވާތައް ލިބެމުންދާކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައިއެވެ. އަދި ހާއްސަކޮށް ޒުވާން މެމްބަރުންނާއި އަންހެން ބޭފުޅުންގެ އަދުތައް އުފުލޭނެ ގޮތަކާއި ތަނެއްވެސް ނެތްކަމަށް އެކި މެމްބަރުންގެ ފަރާތުން ފާހަގަ ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

މެމްބަރުންގެ ފަރާތުން ލިބޭ ޝަކުވާތަކާއިމެދު ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިފަދަ ކަންބޮޑުވުންތައް ރަންގަޅު ކުރެވޭނީ ގައުމެއްގެ ސަރުކާރެކޭ އެއްޕަދަ ހިންގުންތެރިކަމެއް ޕާޓީއަށް ގެނެސް ޕާޓީގެ އޮނިގަޑުގައި ހުރި މައްސަލަތައް ފާހަގަކޮށް ހައްލުކޮށްގެން ކަމަށެވެ.

“ހިންގާލަން” އަކީ ކެމްޕެއިނުގައި ފައްޔާޒް ބޭނުން ކުރަމުން ގެންދާ ސްލޯގަން އެވެ. އަދި އޭނާގެ ޓީމުން އެންމެ ބޮޑަށް ފާހަގަ ކުރަނީ ވެރިކަމުގައި އޮވެމެ ޕާޓީ ހިންގަން ޖެހޭ މިންވަރަށް ނުހިނގުމާއި ރާއްޖޭގެ ރަށްތަކުގައި ތިބި އާއްމު މެމްބަރުންނާއި ލީޑާޝިޕާއި އެއްވެސް ގުޅުމެއް ނެތުމެވެ. އެހެން ކަމުން 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޕާޓީ ހިންގާލައި، ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ ޕާޓީގެ ހިންގުމުގައި ބޭނުން ކުރަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: