ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައި ކޯޓުގެ ފަޑިޔާރު އިސްތިއުފާ ދެއްވަފި!

ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު: ފޮޓޯ ހައިކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނެވި މި ފަޑިޔާރު އިސްތިއުފާ ދެއްވީ ކީއްވެގެންކަމެއް އަދި ހާމަކޮށްފައެއްނުވެފައެވެ.

ބޮޑެތި މައްސަލަތަކެއް ބެއްލެވި ސަމީރު މަގާމަށް އައްޔަން ކުރެވިގެން ދިޔައީ 2011 ވަނަ އަހަރުގެ ތެރޭގައެެވެ. މީގެ ކުރީގައި ސަމީރު ވަނީ ސިވިލް ކޯޓުގެ އިސްގާޒީ ކަމާއި ގާޒީކަންވެސް އަދާކުރައްވާފައެވެ. އަލީ ސަމީރު ވެގެންދާނީ ހައި ކޯޓު ހިންގުމާއި ހަވާލުވެގެން އެންމެ ގިނަ ދުވަހު ހުންނެވި އެއް ފަނޑިޔާރަށެވެ.

ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސާބިތުވާ ކަމަށް ނިންމެވީ ވެސް ފަނޑިޔާރު ސަމީރެވެ. 2020 ވަނަ އަހަރު އޭނާ ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައި، އެ ކުށާ ގުޅޭގޮތުން އުފެދިފައިި އޮތް ބޮޑު ބަހުސަށް ދީނީ ގޮތުން ތަފްސީލުކޮށް އޭނާ ޖަވާބު ދެއްވާފައިވެއެވެ.

މީގެ އިތުރުން ދެ ފިރިން ތިބުމުގެ މައްސަލަތަކާ ހެދި، ވަރި ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް 2015 ވަނަ އަހަރު ހައި ކޯޓުން ކަނޑައެޅީ ވެސް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުންނެވެ.

ހައި ކޯޓުގައި އޭނާ ބެއްލެވި މަޝްހޫރު ބޭފުޅުންގެ މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލި މައްސަލަ ހިމެނިވަޑައިގަންނަވަ އެވެ. ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދުގެ މައްސަލަ އާއި އެ ނޫން ވެސް މަދަނީ އަދި ދުސްތޫރީ މައްސަލަތައް ސަމީރު ވަނީ ބައްލަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: