ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައި ކޯޓުގެ ދެ ފަނޑިޔާރަކު މަގަމުން ވަކި ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ކޯޓުގެ އެންމެ ގިނަ ދުވަސްވީ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވައިފިއެވެ.

ޖޭއެސްސީން ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމަން ހަމަޖެހިގެންދިޔައީ މި ދެ ފަނޑިޔާރުން ގާނޫނު އަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް އަމަލު ކުރުމުގެ ސަބަބުންނެވެ. ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެ، އެކަމުގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމަށް ފަހުގައިކަމަށް ވަނީ ހާމަކޮށްފައެވެ.

ޖޭއެސްސީން ބުނީ މިއީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން ޢިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއް ކަމަށެވެ. ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތް ކަމަށާއި، ހައި ކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާ އެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި އޮންނަ ކަމަށާއި ފަނޑިޔާރުންގެ އަހްލާގީ މިންގަނޑު ބަހައްޓަންވާނީ، ޝަރުއީ ދާއިރާގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭ ފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަކަން ފާހަގަކޮށް މިއީ އެ ކަންކަމާ ހިލާފް އަމަލެއް ކަމަށް ސާބިތުވާ ކަމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. މިކަމުގެ ސަބަބުން ފަނޑިޔާރު ހަމީދާއި ރައޫފް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީގެ ޖަލްސާގައި ވަނީ ނިންމާފައެވެ.

މީގެ އިތުރަށް ހައި ކޯޓުގެ ގިނަ މައްސަލަތަކެއް ބެއްލެވި އަލީ ސަމީރު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: