ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ހުވާކުރެއްވީ ޤާނޫނު ނަގަހައްޓަން. ޤާނޫނު ހެދުމުގެ ބާރު ލިބިގެން ނުވޭ: ޑރ ޖަމީލް

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ މުހައްމަދު ޖަމީލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމުގެ ހުވާ ކުރެއްވީ ގާނޫނު ނަގަހަށްޓަން ކަމަށާއި ގާނޫނުގެ ހެދުމުގެ ބާރަކީ ރައީސްއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ހަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ނެރުއްވި ގަރާރާއި ގުޅިގެން ޑރ ޖަމީލް ކުރެއްވި ޓިވުޓްތަކެއްގައި ވިދާޅުވީ ރައީސް ހުވާކުރެއްވީ ޤާނޫނު ނަގަހައްޓަން ކަމަށާއި ޤާނޫނު ހެދުމުގެ ބާރު ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން އޮޅިވަޑައިނުގަތުމަށް ޑރ ޖަމީލް ވަނީ ރައީސް ސާލިޙް އަށް އިލްތިމާސް ކުރައްވާފައެވެ.

ޖަމީލް ވިދާޅުވީ ރައީސް ސާލީޙް ގަރާރެއް ނެރުއްވާ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން އުޅުއްވުމަކީ 2008ގައި އެމްޑީޕީން ޗާޓުން ބޭރުން ވެރިކަން ހިންގަން ދިމާކުރި ފަދަ ޢަމަލެއް ކަމަށެވެ. އަދި މިއީ ނޯތު ކޮރެއާއެއް ނޫން ކަމަށާއި، ޖައްލާދު ހެދިގެން ނޫޅުއްވާ ހާދިމެއްގެ ގޮތުގައި ހުންނެވުމަށް ޑރ ޖަމީލް ރައީސް ސާލިޙްއަށް އިލްތިމާސް ކުރެއްވިއެވެ.

މީގެއިތުރުން ރައީސް ސާލިޙްއަށް ލިބިގެން ނުވާ ބާރެއްގެ ބޭނުން ކުރައްވައިގެން ގަރާރެއްގެ ސޮއި ކުރުމުން އެނގިގެން ދިޔައީ ރައީސް ސާލިހުގެ އިލްމީ ފާރާމެއް ނެތްކަން ކަމަށް ވެސްޑރ ޖަމީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މީހަކުދޭ ކޮންމެ އެއްޗެއް ގައި ސޮއިކުރާއިރު، އެ ބާރަކީ ލިބިގެންވާ ބާރެއްތޯވެސް ބަލަން ނޭގުނު. ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ވަދެ، ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތް ދަނީ ދުވަހުން ދުވަހަށް ފުޅާ ކުރަމުންނެވެ. އަދި އެ ހަރަކާތުގައި އެންމެ އިސޮކޮށް އުޅުއްވާ ކުރީގެ ރައީސް، އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންދަވަނީ އަތޮޅުތަކަށް ދަތުރު ކުރައްވައި ހަރަކާތަތައް ހިންގަމުންނެވެ. އެ މައްސަލައިގައި އެމްޑީޕީ އާއި ސަރުކާރުގެ މެމްބަރުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށް އަންގާރަ ދުވަހު ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅާއި، ޕާޓީގެ އޮފީސް އިމަރާތުގައި “އިންޑިއާ އައުޓް” ޖެހި ބޮޑު ބެނާއެއް ހަރު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: