ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާއެކު ނުފެތުން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ރަނގަޅު ގޮތަކީ ”ފެތެމުންދާ“ ސަރުކާރާއެކީ ޕާޓީ ނުފެތުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހިންގުމުގައި މައްސަލަތަކެއް އެބަހުރިކަމަށް ބުނެ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުންތަކުގެ ތެރެއިން ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ސިޔާސީ މަސައްކަތް ކުރެވޭނެ ހާލަތެއް ދެން ނެތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެމްޑީޕީގެ އަސާސްތަކާއި، އުސޫލުތަކާއި ހިލާފަސް ސަރުކާރުގެ އަމަލުތައް ހުރިކަމަށް ބުނެ ރައީސް ނަޝީދުގެ ކަންބޮޑުވުންތައް އެންމެ ބޮޑަށް އުފެދިގެން އައީ އެމަނިކުފާނަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި ހުންނެވި އިރު އެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ސަރުކާރަށް ކޯލިޝަން އެހެން ޕާޓީތަކުގެ ނުފޫޒުތަކެއް ވަދެފައިވާއިރު، ވެރިކަން ކުރިޔަށް ދަނީ އެމްޑީޕީ ބޭނުންވާ ގޮތަށް ނޫނެވެ. އެތެރޭގެ އިންތިހަބާއި އެކު މި އަޑުތައް އަނެއްކާވެސް ގަދަވެފައި ވަނިކޮށް ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ މިއީ ފެތެމުންދާ ސަރުކާރެއް ގޮތުގައި ސިފަ ކުރައްވައިފައެވެ. އަދި އެމްޑީޕީ އަށް އެންމެ ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާއެކީގައި ނުފެތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މިވަގުތު މި ޕާޓީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ މި ޕާޓީ ނުފެތުން، ސަރުކާރަކީ އެމްޑީޕީ އެކަނި ސަރުކާރު ނޫން ކަމުން، އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި މިޕާޓީގެ ވައުދުތައް ނުފުއްދޭނީ“ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.

މީގެކުރިން އެމަނިކުފާނު ހަމަ އެ ގްރޫޕްގައި ލިޔުއްވި މެސެޖެއްގައި ވަނީ މަސްވެރިންނަށް ވީ ވައުދުތައް ވެސް ނުފުއްދުނު ކަމަށް ވިދާޅުވުމަށް ފަހު, އެމްޑީޕީ ހިމެނޭ މި ސަރުކާރަށް ތާއީދު ނެތް ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ދިމާކޮށް އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބައިބައިވެ ޕާޓީ ޕާޓީގެ ތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެއް ވަނީ އުފެދިފައެވެ.

އިންތިހާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ދެ ރައީސުން ވެސް ގެންދަވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ބަދަލު ކުރައްވަމުންނެވެ.

އިންތިހާބުގައި ނަޝީދުގެ ތާއީދާއެކު ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އިންތިގެ ކެމްޕެއިން ޓީމުގައި މަސައްކަތް ކުރައްވަނީ ނަޝީދަށް ތާއީދު ކުރައްވާ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންނެވެ.

ޗެއާޕާސަނަކަށް ރައީސް ސޯލިހްގެ ތާއީދާއި އެކު ވާދަކުރައްވަނީ އެމަނިކުފާނުގެ ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ފައްޔާޒްގެ ކެމްޕެއިންގައި އުޅުއްވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންގެ އިތުރުން ބައެއް ވަޒީރުންނެވެ. އަދި ރައީސް ސޯލިހާއި އަރިސްކަމަށް ބެލެވޭ ގިނަ ބޭފުޅުން ތާއީދު ކުރަނީ ފައްޔާޒަށެވެ.

އިންތިގެ ކެމްޕޭންގައި އުޅުއްވަނީ ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީއަށް ތެދުވެރި މެމްބަރުން ކަމުގައި އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: