މި ސަރުކާރުން އެންމެ ފުރަތަމަ އޭސީސީއަށް އައްޔަނު ކުރި މެމްބަރުން ވެސް މަގާމުން އިސްތިފާ ދިނީ ކޮމިޝަނަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމަށް ބުނެ މަގާމުން ވަކި ކުރުމުގެ މަސައްކަތްތައް ފެށުމުންނެވެ. މިދިޔަ އަހަރު އޮޑިޓާރ ޖެނެރަލްގެ އޮފީހުން ކޮމިޝަނުގެ މަސައްކަތަކާއި ބެހޭ އޮޑިޓެއް އެކުލަވާލުމަށް ފަހު މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއާއި ހިއްސާ ކުރިއިރު، އެއަށް ބިނާކޮށް މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ފެށީ އެމްއެމްޕީއާރުސީ ފަދަ ހިޔާނާތުގެ ބޮޑެތި މައްސަލަތައް ތަހުގީގު ކުރެވިފައި ނުވާކަމަށް ބުނެ އެވެ. އެހެންވެ ނުފޫޒުތަކެއްގައި ނުޖެހޭނެކަމަށާއި، އަދި މަޖިލީހުގެ މެމްބަރުންނަށް ކޮމިޝަނުގެ މަސައްކަތް ކުރަންވީ ގޮތާއި ވަކި މައްސަލައެއް ބަލަން ފެށުމުން އެ ނުބަލައި ދޫކޮށްކަން ނޭނގޭނެކަމަށް ބުނެ މެމްބަރުން އިސްތިއުފާ ދިނީ އެވެ.

އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމަށް ފަހު އަލަށް އައްޔަނު ކުރި މެމްބަރުން މަސައްކަތް ފަށައިގެން ކުރިޔަށް ދާއިރު ދާދިފަހުން މީޑިއާތަކާއި ބައްދަލުކޮށް ވެސް މައުލޫމާތު ދިނެވެ. އަދި މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މެމްބަރުން ވެސް ބައްދަލުކޮށް މައްސަލަތައް ބެލުމުގައި އަމަލު ކުރާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރި އެވެ.

މަަސައްކަތްތަކާއި ހަވާލުވިތާ ގަތްގަނޑަކަށް ދެ މަސް ފަހުން މިއަދު އެ ކޮމިޝަނުން ކުރު ބަޔާނެއް އާއްމުކޮށް ބުނީ ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ތަހުގީގު ކޮށް ނިންމު މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ 1.5 މިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދުމަށް މައްސަލަތައް ބަލައި ނިމުނު އިދާރާތަކަށް އަންގައިފައިވާ ކަމަށެވެ.