ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްޕައަކު ކުޑަ ކުއްޖެއްގެ ގައިގައި އަލިފާން ޖައްސައިފި

އަންހެނުންތަކެއް ރޭޕް ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި ----
ޝެއާރކޮށްލާ ކަހަލަދޯ؟

މެދު ރާއްޖެ ތެރޭގެ ރަށެއްގައި ބައްޕައަކު ކުޑަކުއްޖެއްގެ ގައިގައި އަލިފާން ޖެއްސި މައްސަލައެއް ފުލުހުންނަށް ހުށައަޅައިފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ފުލުހުންގެ މެެދު އުތުރު ރީޖަނުގައި ކަމަށެވެ. އަދި އެ މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ މައުލޫމާތުދެއްވާފައެވެ.މިހާދިސާގައި އަނިޔާ ލިބިފައިވަނީ 12 އަހަރުގެ ފިރިހެން ކުއްޖަކަށްށެވެ. ކުއްޖާގެ ހާލަތު މިހާރު ރަނގަޅު ކަމަށާއި، އެެކުއްޖާ މިހާރު ވާނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ އާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.އެމައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަނީ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ސާވިސެސް އާ ވެސް ގުޅިގެންނެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ވުމުން ކުއްޖާގެ އަތޮޅާއި ރަށް  އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: